”ރަން ތާޖު“ އޮޑިޝަނަށް ބަދަލުތަކެއް

uhjn-1.jpg

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އަންނަ ރޯދަ މަހު “ރަން ތާޖު”ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޤުރުއާން މުބާރާތުގެ އޮޑިޝަން ތާވަލަށް ބަދަލުތަކެއް ގެނެސްފި އެވެ.

މިބަދަލާއެކު އޭދަފުށީގައި ފެބްރުވަރީ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮޑިޝަން މިހާރު ބާއްވާނީ އެމަހުގެ އެއްވަނަ ދުވަހު އެވެ.

މި މުބާރާތަށް ބައިވެރިން ހޮވާނީ ރާއްޖޭގެ 10 ސަރަހައްދެއްގައި ބާއްވާ އޮޑިޝަން ތަކުންނެވެ.

މި އޮޑިޝަންތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިއަށް ގެންދެ އެވެ. އެއީ އޭދަފުށީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ލ. ގަން އަދި ދ. ކުޑަހުވަދޫ ގަ އެވެ. އަދި އއ. ރަސްދޫ، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ގައި ވެސް އޮޑިޝަން ބާއްވާނެ އެވެ.

އުމުރުން 16-45 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަކޮށްފައިވާ މި މުބާރާތުގެ އޮޑިޝަނުން ހޮވަން ހަމަޖެހިފައިވަނީ 20 ބައިވެރިންނެވެ. އޮޑިޝަނަށް ނަން ނޯޓް ކުރުުމުގެ ފުރުސަތު މިހާރު ވަނީ މާދަމައާ ހަމައަށް އިތުރުކޮށްފަ އެވެ.

ނަން ނޯޓްކުރަން މެސެޖް ކުރަން ޖެހޭ ގޮތަކީ އާރްޓީ ސްޕޭސް ޖެހުމަށްފަހު ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު ޖަހާފައި 450 އަށް ފޮނުވާނީ އެވެ.

“ރަން ތާޖު” މުބާރާތަށް 300،000ރ. ހުށަހަޅާފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top