އޭލެވެލް އިމްތިހާނުން މިއަހަރުވެސް ބ.އަތޮޅު ތައުލީމީ މަރުކަޒުން ކުރިއެރުން ތަކެއް

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން ވެސް ބ.އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރެވޭ ވަރުގެ ބޮޑު ކާމިޔާބީ އެއް ހޯދާފައިވާ ކަމަށް އެސްކޫލުން ބުނެފިއެވެ.

ވަކިވަކި މާއްދާތަކުން ވެސް ވަނީ އޭލެވެލް އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް ތިން މާއްދާ ނުވަތަ އެއަށްވުރެ ގިނައިން ފާސްވެފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އޭލެވެލް ހެދި 31 ކުދިންގެ ތެރެއިން 14 ކުއްޖަކު ރާއްޖޭގެ ގަދަ 10ގައި ހިމެނިފައިވެ އެވެ. ތިން މާއްދާއިން އޭ ސްޓާ އާއި ދެ މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ތިން ވަނައަށް، އެ ސްކޫލްގެ މުހައްމަދު ނާއިޝް ހިމެނިފައިވެ އެވެ.

ދެ މާއްދާއިން އޭ ސްޓާ އާއި ތިން މާއްދާއިން އޭ ފާސް ހޯދައިގެން ތިން ކުއްޖަކު 4 ވަނައިގައި ހިމެނެއެވެ. އެއީ ހިދާޔާ އަބްދުލްހަމީދު އާއި މުހައްމަދު ނާހިލް އަހްމަދު އަދި ރަފާހު މުހައްމަދެވެ.

ސްކޫލުގެ ޕްރިންސިޕަލް، އަހުމަދު ރަފީއު ވިދާޅުވި ގޮތުގައި މިއީ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top