އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް އޭދަފުށީ މާބަގީޗާގޭ އަބޫބަކުރު ނިޔާވެއްޖެ

umra-2048x1113.jpg

އަބޫބަކުރު ހަސަން، 76، މާބަގީޗާގެ، ބ. އޭދަފުށި

އުމްރާގެ އަޅުކަމަށް މިއަހަރު ގޮސްއުޅުނު ބ. އޭދަފުށީ އަބޫބަކުރު ހަސަން، 76، މިއަދު ނިޔާވެއްޖެއެވެ.

މުސާފިރީން އުމްރާ ގްރޫޕާއެކު އަބޫބަކުރު އުމްރާއަށް ގޮސް އުޅުނީ އަންހެނުންނާއި ދަރިންނާއި އެކުދިންގެ އަނބިންނާއި ފިރިންނާއި ކާފަ ކުއްޖަކާވެސް އެކުއެވެ. އޭނާއާއެކު އެ އާއިލާއިން ޖުމްލަ 12 މީހުން އުމްރާގެ އަޅުކަމަށް ދިޔައެވެ.

“އޭނާ ނިޔާވީ ފަތިސް ނަމާދުން އައިސް ހޮޓަލުގައި ތިރިއަށް ފައިބައި ހުރެ މެޔަށް ތަދެއްވެޔޭ ހާސްވަނީއޭ ބުނެފައި ކުއްލިއަކަށް. އެވަގުތު އޭނާގެ ދަރިން ވެސް ކައިރީގައި ތިބި. ބަލިވެ އުޅޭތީ އޭނާ ރޭ ހަރަމަކަށް ނުދޭ. އޭނާގެ އަންހެނުންނާއި އަށް ކުދިންނާއި އެ ކުދިންގެ އަނބިންނާއި ފިރިންނާއި ކާފަ ކުއްޖަކާވެސް އެކު އޭނާ އުމްރާ އަށް އައިސް އުޅެނީ.”” މައްކާގައި ހުރި މުސާފިރީން ގްރޫޕުގެ ވެރިޔަކު ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މުސާފިރީން އުމްރާ ގްރޫޕާއެކު މިމަހު 17 ގައި އުމްރާ އަށް ދިޔަ 170 މީހުންގެ ތެރޭގައި އޭދަފުށީ ސާޅީހަކަށް މީހުން ދިޔައެވެ. އަދި އެހެން ގްރޫޕުތަކާއެކު ވެސް އަބޫބަކުރުގެ އާއިލާގެ މީހުން އުމްރާއަށް ގޮސް އެބަތިއްބެވެ.

“މިއަދު މަޣުރިބަށްފަހު ހަރަމްގައި ކަށުނަމާދު ކުރެވޭތޯ މި ބަލަނީ،” މުސާފިރީން ގްރޫޕުގެ އޮފިޝަލް ވިދާޅުވިއެވެ.

މުސާފިރީން ގްރޫޕުގެ އުމްރާވެރީން ތިބެނީ ހަރަމްފުޅުން ހިނގާލައިފައި 15 ވަރަކަށް މިނިޓުން ދެވޭހސާބު ކައިރި ހޮޓަލެއްގައެވެ.

ބަކުރުބެއަކީ ބަރާބަރަށް މިސްކިތަށް ނަމާދަށް ގޮސް ހުރިހާ އުމުރެއްގެ މީހުންނާވެސް ވަރަށް ގުޅޭހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. މާތްﷲ ބަކުރުބޭގެ ފާފަފުއްސަވައި ރަހްމަތްލެއްވުން އެދި ދުއާކުރަމުއެވެ. އެއާއިލާއަށް ކުރުމަތިވި މި ހިތާމައިގާ އީވީ ބައިވެރިވެ ތައުޒިޔާ ރައްދުކުރަމު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top