ފެނަކައިން ކަރަންޓުގެ އަގު ހެޔޮކޮށްފި

14991685027201.jpg

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް

ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން ނަގަމުން އައި ފިއުލްސާޗާޖު އުނިކުރުމާއެކު ކަރަންޓުގެ އަގު ހެޔޮކޮށްފިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ނޫސްވެރިންނަށް ވިދާޅުވީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ފިއުލް ސާޗާޖު އުނިކުރުމުން، އެންމެ ފަހުން ތައްޔާރުކުރި ބިލްތަކަށް ބަލާއިރު ޔުނިޓަކުން 38 ލާރި ހެޔޮވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފިއުލް ސާޗާޖު އުނިކުރުމުން އެއް ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް 17 ޕަސެންޓް ހެޔޮވެގެންދާނެ ކަމުގައެވެ.  އަދި 100 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމައަށް ބޭނުންކުރާ ފަރާތްތަކަށް 15 ޕަސެންޓް ހެޔޮވާނެ ކަމަށް ފެނަކަ އިން ލަފާކުރެ އެވެ.

“ކުންފުނިން ތެލަށް ކުރަން ޖެހޭ ހަރަދު މިވަނީ ވަރަށް ބޮޑުތަން ކުޑަވެފައި. އެހެން ކަމުން ސޭވް ވާ އެއްޗެއް ވެސް ވަރަށް ބޮޑު. އަޅުގަނޑުމެން މި ބަލަނީ އެ ސޭވް ވާ އެއްޗެއްގެ ބޭނުން ހިފައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ފުރިހަމަ ކޮށްދިނުން.” ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަރަންޓަށް މި އައި ބަދަލު މި ހިނގާ ޖުލައި މަހު އަންނަ ބިލްއަށް ބައެއް ރަށްތަކުން ހިމެނިފައިނުވުން އެކަށީގެންވާ ކަމުގައެވެ.

ތެލުގެ އަގަށް ގެނައި ބަދަލަކީ ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލެއް ނޫން ކަމަށާއި ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހިނގާ ޚާއްސަ ކޮމެޓީއެއްގެ މަޝްވަރާގެ ދަށުން ގެނައި ބަދަލެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ޖޫން މަހުގެ އަށާރަ ވަނަދުވަހުން ފެށިގެން ޔުނިޓްތަކުން ކަރަންޓުގެ އަގަށް ނަގާ ލާރީގެ ރޭޓް ދަށްކޮށްފައިވާކަމަށާ އެހެންނަމަވެސް ބައެއް ރަށްރަށް ނޯޓިސް ފޮނުވުމުގައި ކުދި ކުދި މައްސަލަތަކެއް ދިމާވެފައިވާތީ ނޯޓިސް ފޮނުވުމުގައި މައްސަލަ ދިމާވި ބިލްތަކުން އަންނަ މަހު އެ ޢަދަދު ކަނޑާލާނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top