މަސް ގަނެވޭނެ އެންމެ ދަށްއަގު ކަނޑައަޅައިފި

45411334_10156181844518075_2424679269620776960_n.jpg

ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް މުރާޖައާ ކޮށް މިހާރު އަގު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަސް ގަނެވޭނެ އެންމެ ދަށް އަގަކީ 13.00 ރުފިޔާ ކަަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯއިން ދަށް މަސް ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ ކަމަށް އެ އިއުލާނުގައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ކަޅުބިލަމަހުގެ ސިނާޢަތު ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް މިނިސްޓްރީ އާއިއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން އަދި އެމަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ހުއްދަ ދީފައެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން މަސް ގަތުން ވެސް ކުރިއަށް ގެންދިއުމަށް ފިޝަރީޒުންވަނީ އެދިފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއީ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓްކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތެއް ކަމަށެވެ. މަސް ކައްކާ ހިއްކާ ފަރާތްތަކުންނާއި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top