މިފްކޯ އިން ވަކި އަގެއްގައި މަސް ގަންނަން ގެންގުޅުނު އުސޫލު ދޫކޮށްލަނީ .

l_1600606342159OqZ.jpg

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފްކޯއިން ، ކަޑައަޅާފައިވާ ވަކި އަގެއްގައި މަސްގަތުމަށް މިފްކޯ އިން ގެންގުޅުނު އުސޫލު ހަތް އަހަރަށް ފަހު ދޫކޮށްލަން ނިންމައިފިއެވެ. އެ މުއްދަތުގައި މިފްކޯއިން މަސް ކިލޯއެއް ގަނެފައިވަނީ 20 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.

މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އަލަށް މި ގެންނަ ބަދަލާއެކު މިފްކޯގެ ކޭޝްފްލޯ މެނޭޖު ކުރަން ފަސޭހަވެގެން ދާނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ ފާއިތުވި ހަތް ވަރަކަށް އަހަރު މި ދިޔައީ މަހުގެ އަގު ފިކްސް ކޮށްގެންކަމަށެވެ.

“މާނައަކީ ބާޒާރުގައި މަހުގެ އަގާ އެއްކޮށެއް ނޫނޭ މި ދެވުނީ. މިފްކޯއަށް ވެސް ވަރަށް ދަތި. ބާޒާރުގައި އެ އިރެއްގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާނަމަ މިފްކޯއަށް ކޭޝްފްލޯ ވެސް މެނޭޖު ކުރެވޭނެ. ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެމަގުން އަޅުގަނޑުމެންނަށް ދެވުނީމަ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަދަލުކުރަނީ ފްލޯޓިން ޕްރައިސިން މެކޭނިޒަމް އަކަށް. އެހެންވީމަ އޭރުގަ ބާޒާރުގަ އޮންނަ އަގަކަށް ކުރިއަށް ދާނީ.” ފައުޒީ ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަކަށް ބަލައިގެން މިފްކޯއިން މަސް ގަންނަން ފަށާނީ މި މަހުގެ 24ވާ ބުރާސްފަތި ދުވަހު އެވެ. މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލިގެންދާއިރު، އެކަމުގެ ފައިސާ ސީދާ މަސްވެރިންނަށް ލިބިގެންދާނެ ކަމަށް މިފްކޯ އިން ވިދާޅުވެއެވެ.

އާ އުސޫލުގެ ދަށުން މިފްކޯއިން މަސް ގަންނާނެ އަގުތައް ކޮންމެ ދުވަހަކު ވެސް މިފްކޯގެ ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ. އަދި މި ބަދަލަށް އަމަލުކުރަން ފެށުމުން މަސްކިރުވާ ދުވަހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން ވެސް މިފްކޯއިން މަސްވެރިންނަށް ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top