އޭދަފުށި ރަހަ : އާސިޔަތުގެ ލެމަން ކޭކް

viber_image_2020-05-04_16-59-59-1.jpg

ބޭނުންވާތަކެތި

ކޭކު ހެދުމަށް ބޭނުންވާ ތަކެތި

125 ގްރާމް ހަކުރު

125 ގްރާމް ގޮދަންފުށް

125 ގްރާމް ބަޓަރު

1 ސަމުސާ ބޭކިންގ ޕައުޑަރ

10 އެމްއެލް. ކިރު

1 ސައި ސަމުސާ ލުނބޯ ހުތް

1 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި ގާނާފަ

3 ސަމުސާ ޔޯގަޓް

2 ބިސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފުށާ ބޭކިން ޕައުޑަރު އަދި ލުނބޯ ތޮށިކޮޅު އެއްކޮށްލާށެވެ. ދެން ބަޓަރާ ހަކުރުވެސް ކްރީމްގަނޑަކަށް ވަންދެން މިކްސް ކޮށްލުމަށް ފަހު އޭގެ ތެރެއަށް ފަހަރަކު ބިހެއް އަޅަމުން މިކްސް ކުރަމުން ގެންދާށެވެ. ރަނގަޅަށް މިކްސް ވުމުން ދެން އޭގެ ތެރެއަށް ކިިރުކޮޅާ، ފުށާ، ބޭކިންގ ޕައުޑަރު އަދި ލުބޯތޮށި އަޅާފައި އެއްކޮށްލާށެވެ. ދެން ލުނބޯ ހޮތްކޮޅާ، ޔޯގަޓް އަޅާލާފަ ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު އެހެރީ ލެމަން ކޭކް ފުށްގަނޑު ތައްޔާރު ކުރެވިފައެވެ. ޓްރޭއަކަށް ފުށްގަނޑު އަޅާފައި ކޭކު ފިހަން އަވަނަށް ލާށެވެ. އަވަން ބަހައްޓާނީ 200ޑިގްރީގައެވެ. ގާތްގަނޑަކަށް 35 މިނިޓު ވާއިރު ހުންނާނީ ރަނގަޅަށް ފިހެވިފައެވެ. ދެން ލެމަން ކާރޑް ހަދަން ފަށާށެވެ. ލެމަން ކާރޑް ހަދަން ބޭނުންވާނީ

1 ޖޯޑު ނުފުރާ ހުންނަވަރުގެ ހަކުރު.

4 މޭޒުމަތީ ސަމުސާ ލުނބޯހުތް

1 މޭޒުމަތީ ސަމުސާ ގާނާގައި ހުރި ލުނބޯތޮށި

2 ބިހުގެ ގޮބޮޅި

1 ސަމުސާ ލޮނު

2 ސަމުސާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް

ބޯތައްޓެއްގެ ތެރެއަށް ހަކުރާއި ލުނބޯ ހުތްކޮޅު އެޅުމަށްފަހު ގާނާފައި ހުރި ލުބޯ ތޮށި ކޮޅުވެސް ލޮނު ކޮޅާއެކު އަޅާލާށެވެ. ދެން ދެ ބިހުގެ ގޮބޮޅި އަޅާފައި ކައްކަން ފަށަންވީއެވެ. ކައްކާނީ ހޫނުފެން ތެއްޔެއްގެ މަތީގައި ބަހައްޓަައިގެން އާވިންނެވެ. ކެކެން ފެށިމާ އެއަށް 2 ސަމުސާ ބަޓަރު އަޅާނީއެވެ. އަދި ހިހޫ ކޮށްލާނީއެވެ.

ދެން ވިޕްކްރީމް ތައްޔާރުކޮށްލާށެވެ.

ވިޕް ކްރީމް ހެދުމަށް

1 ޖޯޑު ވިޕް ކްރީމް

1/2 ސައިސަމުސާ ލުނބޯ ތޮށި

ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ވިޕްކޮށްލާށެވެ.

ފިހެފައިވާ ކޭކު މެދުން ފަޅާލުމަށްފަހު ވިޕް ކްރީމް އަދި ލެމަން ކާރޑްކޮޅެއް އަޅާލާށެވެ. އެއަށްފަހު ކޭކް ވަށައިގެން ވިޕްކްރީމް ހޭކުމަށްފަހު މައްޗަށް ލެމަން ކާރޑް އަޅާލާށެވެ. މިހާރު އެހެނީ މީރު ލެމަން ކޭކެއް ތައްޔާރު ކުރެވިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top