ހިތާދޫގެ ފެނާއި ނަރުދަމާ އަޅަން އިންޑިއާ ކުންފުންޏަކަށް

big_iAjoKZUMzXx4znKy74Fa0ElUF-1.jpg

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތު --ފޮޓޯ :އަވަސް އޮންލައިން /

މިއަހަރަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ހިތާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އިންޑިއާގެ ޗެންނާއީ އަށް ނިސްބަތްވާ މޯހަން މުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑް(އެމްއެމް އެކްސްޕޯޓް )އާ މިއަދު ހަވާލު ކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ 35.5 މިލިއަން ރުފިޔާއަށެެވެ. އެކުންފުނިން މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ.

ހިތާދޫ އާއެކު އިތުރު ހަތަރު ރަށުގެ ފެނާއި ނަރުދަމާ އެޅުމަށްވެސް މި ކުންފުންޏަށް ވަނީ ހަވާލު ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫޢުތަކުގެ ދަށުން، ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގާ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ގާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމޭއިރު ފެނާއި ނަރުދަމާ ނާޅާ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top