އިންތިޚާބުގެ ކުރިން އީސީ ބަދަލުކުރާނަން: ޝުޖާއު

Shujaa-1-750x375.jpg

އިބްރާހީމް ޝުޖާއު

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިގޮތަށް ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް ގެ އިންތިހާބުގެ ކުރިމަތިވަމުން އަންނަ އިރު އީސީގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވެ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

“ތަފާތުކުރުން އިންތިހާ. އެމްޑީޕީއަށް ކެމްޕެއިން ކުރެވޭ. އިދިކޮޅު ރަށް ބަންދުގަ” ޝުޖާއު ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރިލް މަހު ބާއްވަން ކަނޑައެޅި ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ދާދިފަހުން އިލެކްޝަން ކޮމިޝަނުން ވަނީ އަންނަ އަހަރު މާޗުމަހުގެތެރޭގައި އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފައެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top