ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި

Male.jpg

މާލެ

ކޮވިޑް -19 އާދުޅިގެން މާލޭގައި އަލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި އެވެ.

ހޮނިހިރު ދުވަހުގެރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޕާކްތަކާއި، ދާރުލް އާސާރުތަކާއި، މައިޒާންތަކާއި، އާއްމުން އެއްވެއުޅޭ ތަންތަން ހުޅުވައިލަން ނިންމާފައިވާ ކަމަށެެވެ.

ނަމަވެސް ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިނަމަ، ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށާއި އަނގައާއި ނޭފަތް ނިވާވާ ގޮތަށް މާސްކު އެޅުމަށާއި، އެހެން ގްރޫޕްތަކާއި ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، އެކަމާގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

ނަމަވެސް ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާއިރު ހުރިހައި ވަގުތެއްގައިވެސް މާސްކު އެޅުން މަޖުބޫރުކަމަށާއި، ހުރިހައި ބޭނުމަކަށް މާލެއިން އެހެން ރަށްރަށަށް ދެވޭނެކަމަށާއި ނަމަވެސް ދެވޭނީ ހޯމް ކަރަންޓީން ވާންޖެހޭ ގޮތަށްކަމަށް ވެސް އެންގުމުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top