ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

ppWoDcvZ27UkQxnRvazn0GYqb0dSz8EkQ5eYPrLn.jpg

ބ.ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފި އެވެ.

ސަރުކާރުން މިމަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މަސައްކަތް  ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހގެ ތެރޭގަ އެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ފެނުގެ ހިދުމަތަށް ބޭނުންވާ އާރުއޯ ބިލްޑިންގް ގާއިމްކޮށް ޕްލާންޓްތައް އިންސްޓޯލްކޮށް ފެން ރައްކާކުރުމަށް ތާނގީ ވަނީ ބަހައްޓާފައެވެ. އަދި 15.9 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް އެޅުމުގެ އިތުރުން ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ ފެންމީޓަރާ އިސްކުރު ހަރުކުރުމުގެ މަސައްކަތާއި ވާރޭފެން ނެގުމަށް ވަކިން ހޮޅިލައިނެއްވެސް އލާފައިވެ އެވެ.

ގޮއިދޫގެ ނަރުދަމާ ގާއިމުކުރުމުގެ ދަށުން އެރަށުގެ މަގުތަކަށް ޖަންކްޝަން ތައް ފައްތާ ގެތަކަށް ކަނެކްޝަން ގުޅާދިނުމާއި 8.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމް ކޮށް އެރަށުގައި ފެނުގެ 161 ކަނެކްޝަނާއި، ނަރުދަމާ 163 ކަނެކްޝަން ގުޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ޓީމެއް ގޮއިދޫއަށް ޒިޔާރަތްކޮށް އެމަސައްކަތް ބަލާފައިވާއިރު، ފެން ތަހުލީލްކޮށް ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ވަނީ ޗެކްކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top