ހިތާދޫގައި ބުޅާގިނަވެ ބިރުވެރިކަން

Capture-9.jpg

ބ.ހިތާދުގައިބުޅާ ގިނަވެ އަންހެނުންނާއި ކުޑަކުދިންނަށް ބިރުވެރިކަން މެދުވެރިވެފައިވާ ކަމަށް ހިތާދޫ ކައުންސިލުން ބުނެފި އެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ވާގޮތުން ، އެރަށުގައި މިފަހަކަށް އައިސް ބުޅަލުގެ އުނދަގޫ ވަރަށް ބޮޑަށް ފޯރާތީ، އާއްމު ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށް ބުނެފައި ވެއެވެ.

އަދި ޕެޓްގެ ގޮތުގައި ގެންގުޅޭ ދިރޭތަކެތި ބަންދުކޮށްގެން ގެންގުޅެން އަންގާފައިވާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އެހެން ނަމަވެސް ރަށު ތެރެއަށް ގިނަ އަދަދެއްގެ ބުޅާ ވީއްލިފައިވާތީ މިގޮތަށް ރަށު ތެރޭގައި އުޅޭ ބުޅާތައް މެއި 26 ގެ ފަހުން ނައްތާލާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އަޒީ ވިދާޅުވި ގޮތުގައި، ބުޅާތައް ގޭގެއަށް ގޮސް އުނދަގޫ ކުރާ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވުމާ، އަންހެނުންނާއި ކުޑަކުދިން އެކަމާ ބިރުން އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.

”ބިރުވެސް ގަންނާނެތާ ގޭގެއަށް އެގޮތަށް ވަންނަންޏާ”. އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލުގެ އިއުލާނުގެ މަގްސަދަކީ ބުޅާތައް މަރާލުމެއް ނޫން ކަމަށެވެ. އެކަމަކު އާންމު އުނދަގުލަކަށް އެކަން ވެފައިވާތީ ބޭނުންވަނީ ބުޅާ ގެންގުޅޭ މީހުން އެ އެއްޗެހި ބަންދުކޮށްގެން ގެންގުޅުމަށް ކަމަށް ވިދާޅުވި އެވެ.

އަޒީ ވިދާޅުވީ، މިގޮތަށް ގިނަވެ، މަގުމައްޗަށް ވީއްލިފައި ހުރީ މީހުން އޮޅުކޮށްގެން ގެންގުޅޭ ބުޅަލެވެ. އެކަމަކު ބުޅާތައް ނައްތާލާނެ ގޮތުގެ ޕްލޭނެއް ކޮށްފައި އަދި ނެތް ކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top