ލަންޑަންގެ މޭޔަރަކަށް މުސްލިމަކު އިންތިޚާބު ކުރުމުން މުސްލިމުން އުފާކުރަމުން ދާއިރު…

13178670_1184337361629079_4095266600281756748_n.jpg

ލަންޑަންގެ މޭޔަރަކަށް މުސްލިމަކު އައްޔަންކުރުމުން ބައެއް މުސްލިމުން އުފާކުރަމުން ދާއިރު މި ފަދަ ކޮންމެކަމެއްގައި ވެސް ހަގީގަތް ރަނގަޅަށް ބެލުމަކީ ކުރަން ޖެހޭ ކަމެކެވެ. .ލަންޑަންގެ މޭޔަރަކަށް މުސްލިމެއް ކަމުގައިވާ ސާދިގުޚާން އައްޔަންވުމުން  ބައެއް މީހުން އުފާކުރަމުން ދާއިރު ފާހަގަކޮށްލަން ޖެހޭ ބައެއް ކަންތައް އެބަހުއްޓެވެ.

އެގޮތުން ބަލާއިރު މިދަންނަވަނީ ފާހަގަކުރެވިފައިވާ ބައެއް ކަންކަމެވެ.

1. އިންގްލޭންޑްގައި އެއްޖިންސުން ކައިވެނި ކުރަން ނެގުނު ވޯޓުގައި އެތައް ކްރިސްޓިއަނުންނެއް އެކަމާ ދެކޮޅަށް ވޯޓު ދިން އިރު ސާދިގުޚާން ވޯޓް ލާފައިވަނީ އެކަން ފާސްކުރުމަށެވެ.

ތަފްސީލު ބޭނުންނަމަ މި ލިންކަށް ގޮސް ޓޫޓިންގ ދާއިރާ (ކޮންސްޓިޓިއެންސީ ) ބައްލަވާ! ( ދަ ގާޑިއަން ޑޮޓްކޮމް 6 ފެބްރުއަރީ)

2. ޔޫރަޕްގަ އަންދަލުސް ވެރިންނަށް އަޅާކިޔާފައިވުން. އަންދަލުސްގެ ވެރިން ވެރިކަން ކުރީ އިސްލާމީ ވެރިކަމުގެ ﷲ ގެ ޝަރްޢު ތަންފީޒު ކުރާ ހާލުގަ އެވެ. ސަލީބީންނާ ޖިހާދު ކުރަމުންނެވެ. އެއްވެސް ހާލެއްގައި ސަލީބީން ރުހުން ލިބިގެން ނޫނެވެ. އެކަމުގެ ހެކި ތިރީގައި .

3. ސާދިގު ޚާނަކީ ލޭބަރޕާޓީގެ ޕާލަމެންޓް މެންބަރަކަށްވެފައި ވަރަށް ފަހުން ލޭބަރ ޕާޓީގެ ޕާލަމެންޓް މެންބަރެއް ކަމުގައިވާ ނާޒްޝާހް ވަނީ އެމްޕީ އަކަށް ހުރެ އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާ  ދެކޮޅަށް މާ ކުރީގައި ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއްގެ ސަބަބުން ސަސްޕެންޑް ކޮށްފައެވެ. ލިންކް (ދަ ގާޑިއަން ޑޮޓްކޮމް 27 އެޕްރިލް)

ދެން މި އާޔަތަށް ވިސްނާލައްވާ ! وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ

މާނައީ : އަދި ޔަހޫދީންނާ އަދި ނަސާރާއިން ކަލޭގެފާނު އެބައި މީހުނެ މިއްލަތަށް ތަބާ ވުމަށް ދާންދެން ނުރުހޭނެތެވެ. (ބަޤަރާސޫރަތުގެ 120 ވަނަ އާޔަތް)

އެޑިޓަރުގެ ނޯޓް : މި ލިއުމަކީ މަދީނާ ޔުނިވަރސިޓީގައި ތައުލީމު ހާސިލް ކުރަމުން އަންނަ އަބްދުއްރަހީމް މުހައްމަދު ގެ ލިއުއްވުމެކެވެ. މި ލިއުން އޭނާގެ ބްލޮގްގައިވެސް ޝާއިއު ކޮށްފައި ވެއެވެ.  އޭދަފުށީ ވޮއިސްގައި ޝާއިޢު ކުރުމަށް މި ލިއުން ދެއްވިކަމަށް ޓަކައި އަލްއަޚް އަބްދުއްރަހީމަށް ޝުކުރު ދަންނަވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top