ރޯދަމަހު ރަސްމީ ގަޑިއަކީ ހެނދުނު 9 އަކުން މެންދުރު 1

WhatsApp-Image-2021-03-10-at-16.30.25.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އަންނަ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އަކުން  މެންދުރު 1:00 ގެ ނިޔަލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރަސްމީ ގަޑި މި ގޮތަށް ހަމަޖެއްސި ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވުމާއެކު ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މިދިޔަ ފެބުރުއަރީ ދޭއްގައި އާއްމުކުރި އުސޫލުގައިވާ ގޮތުން، ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް މުވައްޒަފުން ކުރާނީ ގޭގަ އެވެ. އަދި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހާ ވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރުމާއި ނުރަސްމީ ވަގުތުތަކުގައި އޮފީހުގައި މަސައްކަތް ނުކުރާ ގޮތަށް ރޭވުމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ.

އެހެން ރޯދަ މަސް ތަކުގައި ވެސް އާއްމުކޮށް، ސަރުކާރު އިދާރާތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު ނުވައަކުން މެންދުރު އެކަކަށެވެ.

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top