ޔުނިޓީ ފުޓްސަލް ޗެލެންޖްގައި 12 ޓީމް ބައިވެރިވެއްޖެ

17191194_928641837238623_5389425633004572799_n.jpg

ކްލަބް ދަ ބިގިނަރސްގެ ފަރާތުން ބާއްވަމުން އަންނަ ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި މިހާތަނަށް 12 ޓީމް ބައިވެރިވެއްޖެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރޭގައި ހިމެނެނީ އޭދަފުށި 4 ޓީމަކާއި ދަރަވަންދޫ އަދި ކުޑަރިކިލުގެ ޓީމަކާއި ބ އަތޮޅުގެ 6 ރިޒޯޓެވެ.

އޭދަފުށިން މިމުބާރާތުގައި ބައިވެރިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސިޓީ ގެ އިތުރުން އިރުމަތި ލަވާސް އާއި ޔުނައިޓެޑް ވީ އެވެ. އަތޮޅުގެ ރަށްތަކުން ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް އަދި ކުޑަރިކިލު އެކުވެރި ގައިޒް އެވެ. މުބާރާތުގައި އަލަށް ބައިވެރި ވެފައިވަނީ ދުސިތް ތާނީ މޯލްޑިވްސް، މިލައިދޫ ރިޒޯޓް އަދި ފިނޮޅު މޯލްޑިވްސް ރިޒޯޓެވެ. މި ތިން ރިޒޯޓްގެ އިތުރުން ދެން މި މުބާރާތުގައި ބައިވެރިވެފައިވަނީ ސޮނެވާފުށި ރިޒޯޓާއި އަމިއްލަފުށި އަދި ކޮކޯޕާމް ރިޒޯޓެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 9 ވަނަ ދުވަހު އޭދަފުށީގައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުގެތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރުން މިމަހުގެ 15 ވަނަ ދުވަހާހަމައަށް ހުޅުވާލެވިފައިވާ ކަމަށް ކަލްބަ ދަ ގިބިނާސް އިން ބުނެއެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިރުމަތި ލަވާސް އާ ފައިނަލްގައި ވާދަކޮށް ފެއިމްސް ޔުނައިޓެޑް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top