ކޭބަލް ނެޓްވޯކްގެ 600ވަނަ ނަސީބުވެރިއަކަށް ފަޔާޒު. ޑީކޯޑަރާއި މަހުފީ ހިލޭ

DSCN1395-1024x768.jpg

އޭދަފުށި ކޭބަލް ނެޓްވޯކްގެ 600 ވަނަ ކަސްޓަމަރ އަހްމަދު ފަޔާޒަށް އަބްދުﷲ ނަސީރު މިރޭ ޑީކޯޑަރ ހަވާލުކޮށްދެނީ / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އޭދަފުށީގައި މީޑިއާނެޓްގެ ހިދުމަތް ދެމުންއަންނަ އޭދަފުށީ ކޭބަލް ނެޓްވޯކުން ކުރިޔަށްގެންދިޔަ ޕްރޮމޯޝަންގެ 600 ވަނަ ކަސްޓަމަރއަކަށް ބ. އޭދަފުށީ ލިލީޕާކް އަހްމަދު ފަޔާޒް ހޮވިއްޖެއެވެ.

އޭދަފުށީ ކޭބަލް ނެޓްވޯކުން މިކަން ހާމަކޮށް އޭނާއަށް އިނާމާ، ހިލޭ މަހުފީގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ އޭދަފުށީ ކޭބަލް ނެޓްވޯކް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިލިޔުން ފަޔާޒާ ހަވާލުކުރީ އޭދަފުށީ ކޭބަލް ނެޓްވޯކްގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ނަސީރެވެ.

މިރަސްމިއްޔާތުގައި ނަސީރު ބުނީ ހަސަތޭކަވަނަ ކަސްޓަމަރަށް ބާރަސަތޭކަ ރުފިޔާގެ އަގުހުރި ބްރޭންޑްނިއު ޑީކޯޑަރަކާއި، ފުލް ޕެކޭޖްގެ 3 މަހުގެ ފީގެ އިތުރުން ކަނެކްޝަންވެސް ފްރީކޮށް ހަދާދޭނެކަމަށެވެ.

އޭދަފުށީ ކޭބަލް ނެޓްވޯކްގެ އެމްޑީ ނަސީރު މިރޭ އީވީއަށް މައުލޫމާތުދެނީ. އޭނާބުނީ އިތުރު ޕްރޮމޯޝަނެއް ކުރިޔަށް އޮތްތަނުގައި ފަށާނެކަމަށް / ފޮޓޯ: އީވީ

ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަހްމަދު ފަޔާޒު އީވީއަށްބުނީ މިއީ އުއްމީދުކުރި ކަމެއްނޫންކަމަށާ، މިވީގޮތުން ވަރަށް ބޮޑު ސަޕްރައިޒެއް ލިބިއްޖެކަމަށެވެ. އަދި އޭދަފުށީ ކޭބަލް ނެޓްވޯކުން ދޭ ހިދްމަތަށް ފަޔާޒު ވަރަށް ބޮޑަށް ތައުރީފް ކުރިއެވެ.

“ކުއްލިއަކަށް ލިބުނު ސަޕްރައިޒެއްމީ ހަމަ. އުއްމީދެއް ނުކުރަން. މިކަހަލަ ޕްރޮމޯޝަނެއް ކުރިޔަށް ދާކަން އެނގޭ އެކަމަކު އެޕްލައި ކުރިއިރު އެކަންމަތިން ހަނދާނެއްވެސް ނެތް. އެކަމަކުވެސް ވަރަށް އުފާވެއްޖެ ދެން އަތުން އެއްވެސް ލާރިއެއް ނުގޮސް އަދި ފުލް ޕެކޭޖް 3 މަސްދުވަހަށް ލިބުނީމަ”

އޭދަފުށީ ކޭބަލް ނެޓްވޯކުންބުނީ ކުރިޔަށްއޮތްތަނުގައިވެސް މިފަދަ ޕްރޮމޯޝަންތައް އެކި މުނާސަބަތުތަކާ ގުޅުވައިގެން ކުރިޔަށްގެންދާނެކަމަށެވެ. އަދި ވަރަށް އަވަހަށް ކަސްޓަމަރުން ހެއްވާލާނެކަހަލަ ހިދުމަތެއް ފަށާނެކަމަށްވެސް ކޭބަލް ނެޓްވޯކުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top