ކޮންމެ ރަށެއްގައި މިސްކިތު ކޮމިޓީއެއް

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ބަލައި މޮނީޓަރު ކުރުމަށްޓަކައި ކޮންމެ ރަށެއްގައި އަދި ސިޓީތަކުގެ ކޮންމެ އަވަށެއްގައި މިސްކިތު ކޮމިޓީއެއް އެކުލަވާލަން މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ގަވާއިދު އެކުލަވާލާފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތަކާއި، ދީނީ ޝިޢާރު ފާޅުކުރަން ތިބޭ އިމާމުންނާއި މުދިމުންގެ ކަންކަން ބަލަހައްޓާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުންނެވެ.

މިގަވާއިދުގެ ދަށުން މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ބެލުމަށް ކޮންމެ ރަށެއްގައި އަދި ސިޓީތަކުގެ ކޮންމެ އަވަށެއްގައި މިސްކިތު ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. އަދި މިކޮމިޓީގެ އެހީތެރިކަމާއެކު މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން ހުރިހާ މިސްކިތެއްގެ ކަންކަން ދީނީގޮތުން އެއް މިންގަނޑެއްގައި ހިފަހައްޓަން ޖެހެއެވެ.

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ގަވާއިދުގެ ދަށުން މިސްކިތްތަކާއި އިމާމުންނާއި މުދިމުންގެ ކަންކަމުގައި ވަޒީރަށް ބޭނުންވާ އިސްތިޝާރީ ލަފާދިނުމާއި، އިސްލާހު ކުރަން ޖެހޭ ކަންކަމުގައިވެސް ވަޒީރަށް ލަފާދެއްވުމަކީ މިމަޖިލީހުގެ ޒިންމާއެކެވެ. އަދި މިސްކިތްތަކުގެ ހުރުމަތްތެރިކަން ދަމަހައްޓައި، އެތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށާއި، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ ކަންކަމުގައި ވަޒީރަށް ލަފާދެއްވާނީވެސް މިޖަމިލީހުންނެވެ.

މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު 1987 ގައި އެކުލަވާލާފައިވާ މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ އަސާސީ ގަވާއިދު އުވުނީ ކަމަށް ބަޔާންކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top