ޓީޗަރަކަށް ވާން ބޭނުން ކުދިންނަށް 1500ރުފިޔާގެ އެލަވަންސެއް

360017_f0b7b7e6-6_-2048x1365-1.jpg

ސީއެޗްއެސްއީގެ ދަރިވަރުންތަކަކާ އެކު ރައީސް.

އޭލެވެލް އަށް ކިޔެވުމުގެ މަރުހަލާ ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ބޭނުންވާ ކުދިންނަށް 1،500ރ. ގެ އެލަވަންސެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ޓީވީއެމްގެ “ހެނދުނު ހެނދުނާ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ ތައުލީމީ ދާއިރާގެ މުސްތަގުބަލު އޮތީ ޓީޗިން ދާއިރާ އަށް ވީހާ ވެސް ފެންވަރު ރަނގަޅު މީހުން ވަދެގެން ކަމަށެވެ. އެހެންވެ އެ ދާއިރާ އަށް ވަންނަން ބޭނުންވާ މީހުންނަކީ މަތީ ސާނަވީ ފުރިހަމަަކޮށް، ދާއިރާ އަށް ޝައުގުވެރިވާ ބަޔަކަށްވުން ވަރަށް މުހިއްމު ކަމަށް އަހުމަދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 10،000 އެއްހާ ޓީޗަރުންގެ ތެރެއިން 2،000 ޓީޗަރުންނަކީ ބިދޭސީންނެވެ. އެކަން ބަދަލުކޮށް ތައުލީމީ ނިޒާމުގައި ދިވެހި ޓީޗަރުން ގިނަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިއީ ގައުމެއްގެ ޓީޗިންގ ފޯހެއްގެ ވަރަށް ބޮޑު ނިސްބަތެއް ތަމްސީލު މި ކުރަނީ ބިދޭސީ ޓީޗަރުން. ،އެބަ ޖެހޭ ޓީޗަރުންނަކީ ދޭސީންނަށް ހަދަން ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންގެ ކުރިމަގެއް ފެންނަން އޮތީ.”“ އަހުމަދު ވިދާޅުވި އެވެ.

މިކަމަށް އަމާޒުކޮށްގެން އަންނަ މަހުގެ ތެރޭގައި ޓީޗަރުން ބިނާކުރަން ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް މީގެ ހަފުތާއެއް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއުލާން ކުރައްވާފައިވެ އެވެ.

އަހުމަދު ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި މިހާރު އެ މަޝްރޫއުގެ ކޮންސެޕްޓް ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަޝްރޫއު ފަށާނެ ކަމަށް ވިދާޅުވިއެވެ.

”ހާއްސަ ގޮތެއްގައި ބޭނުން އޭލެވެލް ނިންމާ ދަރިވަރުން ޓީޗަރުންނަށް ވުމަށް. އަޅުގަނޑުމެންގެ ޓީޗިން ފޯސްއަށް ވީހާވެސް ކޮލިޓީ ރަނގަޅު، ފެންވަރު ރަނގަޅު ދަރިވަރުންނަށް ވެގެން ތައުލީމީ ދާއިރާގެ މުސްތަގްބަލް އޮތީ. މި ޕްރޮގްރާމް ރޭވިގެން މިދަނީ، ގްރޭޑް 11 އަށް ވަންނަ ކޮންމެ ދަރިވަރަކަށްވެސް އަޅުގަނޑުމެން އެބަ ފުރުސަތު ހުޅުވާލަދެން، އެ ދަރިވަރަކީ ޓީޗަރަކަށްވާން ބޭނުންވާ ދަރިވަރެއް ނަމަ، ޑުއަލް ޕްރޮގްރާމެއްގެ ތެރެއިން ކުރިއަށް ގޮސް، 11 ނިމޭއިރު އެކުދިންނަށް، ޓީޗިންގ ޕްރިޕޭޓަރ ކޯހެއް ފަރުމާ ކުރެވިގެން މިދަނީ. އެހެންވީމާ އެކުދިން އޭލެވެލް ނިމޭއިރު، ތިބޭނީ ޓީޗިންގ ކޯހަށް ތައްޔާރުކޮށް ނިމިފައި.“ އަހްމަދު ވިދާޅުވިއެވެ.

އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މި ފަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ބޭނުންވާ ދަރިވަރުންނަށް 1500ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލަވަންސެއް ދިނީމަ، އެ ކުއްޖާއަކީ ވަކި މާއްދާއަކުން ޓީޗަރަކަށް ވާން ބޭނުންވާ ދަރިވަރެއްކަން އަންގާނެއެވެ. އަދި ބެލެނިވެރިންނާ ދަރިވަރުންނާއެކު އެފަދަ އެއްބަސްވުމެއް ހެދިގެން ސްޓައިޕެންޑް ދޭޭނެ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top