ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފަށައިފި

share_1620210551.jpg

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ، މިދިޔަ ހަފުތާގައި ރާއްޖެއިން 142 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީގެ ހަފުތާއާ އަޅައި ބަލާއިރު 69 ޕަސަންޓުގެ އިތުރުވުމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

“ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން. އެހެންނަމަވެސް ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވޭ،” އެޗްޕީއޭއިން ބުންޏެވެ.

ޖޫން ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި 142 މީހުންގެ ތެރެއިން 50 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. 40 މީހުން ނިސްބަތްވަނީ އަތޮޅުތަކަށެވެ. 52 މީހަކު ނިސްބަތް ވަނީ ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ރަށްތަކަށެވެ.

ރާއްޖެއިން މިހާތަނަށް 179،979 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެ ބަލީގައި 299 މީހަކު މަރުވިއެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނީ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top