ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

fayaz-news-pic-61c7f87508.jpg

ވައްކަމުގެ މައްސަލައެއްގައި ބ.ގޮއިދޫ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

އެ އިއުލާނުގައިވާ ގޮތުން ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) އެވެ.

އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ، ބަންދުގައި ބަހައްޓައިގެން 2022 ޖޫން 15 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top