ބ.އަތޮޅަށް ހުޅުވާލައިގެން ”މާރެސް އަތޮޅު ވޮލީ މުބާރާތް“ ފަށަނީ

viber_image_2022-06-13_19-32-24-501.jpg

ބ.އަތޮޅަށް ހުޅުވާލައިގެން ބ. މާޅޮސް، މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން މާރެސް އަތޮޅު ވޮލީ މުބާރާތް، މާދަމާ ފަށާނެ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފި އެވެ.

މާދަމާ ހަވީރު މާޅޮހުގައި ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވޭތުވެދިޔަ ދެ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ގޮއިދޫ އާއި ރަނާއަޕް މާޅޮސް އެވެ. މި ދެ ރަށުގެ އިތުރުން މިމުބާރާތުގައި ބައިވެރިވެފައިވަނީ އޭދަފުއްޓާއި ކަމަދޫ އާއި ކެންދޫގެ އިތުރުން ފުޅަދޫ އެވެ.

މާރެސް އިން ބުނީ ޖޫން 15އިން 20 އަށް ކުރިއަށްދާނީ ފިރިހެން ޑިވިޜަންގެ މެޗުތައް ކަމަށެވެ.

އަންހެން ޑިވިޜަންގެ މެޗުތައް ކުރިއަށްދާނީ ޖޫން 23އިން 28 އަށެވެ.

2016 ވަނަ އަހަރު ފެށިގެން މާރެސް އިން ކުރިއަށް ގެންދާ މިމުބާރާތުގައި އަންހެން ޑިވިޜަންގެ ހަތަރު މުބާރާތް ބާއްވާފައިވެ އެވެ. ނަމަވެސް ފިރިހެން ޑިވިޜަން ބާއްވަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

މާރެސް އިން ބުނީ މިމުބާރާތުގެ މަގްސަދަކީ އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންނަށް ގައުމީ މުބާރާތެއްގައި ވާދަކުރެވޭ ފެންވަރު ހުރިކަން ދައްކާލުމަށް ފުރުސަތުހޯދައި ދިނުން ކަމަށެވެ. ހަމައެހެންމެ ކުޅުންތެރިންގެ ހުނަރު ރަނގަޅު ކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުމަކީ ވެސް މަގްސަދުގައި ހިމެނޭ ކަމެއްކަމަށް މާރެސް އިން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top