ތުޅާދުއަށް ސާޅީހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި އިބްރާހީމް ހުސެންފުޅު ނިޔާވެއްޖެ!

big_6FWILupdTXQxr4KTzMdzcMM79.jpg

ބ.ތުޅާދޫ އިބްރާހީމް ހުސެންފުޅު

ބ. ތުޅާދުއަށް ސާޅީހަށްވުރެ ގިނަ އަހަރު ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ތުޅާދޫ މަންޒިލް، އިބްރާހިމް ހުސައިންފުޅު 75އ. ނިޔާވެއްޖެ އެވެ.

އިބްރާހިމްފުޅު ނިޔާވީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ މެންދަމު އައިޖީއެމް ހޮސްޕިޓަލުގަ އެވެ.

އިބްރާހީމް ހުސެންފުޅުގެ ފާހަގަ ކުރެވޭ އެންމެ ބޮޑު ޚިދުމަތަކީ ތުޅާދޫ ސްކޫލަށް 40 އަހަރަށް ވުރެ ވަންދެން ހިދުމަތް ކުރެއްވުމެވެ. އޭނާ ވަނީ ތުޅާދޫ ސުކޫލްވެސް ހިންގެވުމާއެކު ހިސާބާއި ގުރުއާނާއި އިސްލާމް މާއްދާއާއި ދިވެހިބަސްވެސް ކިޔަވައި ދެއްވި އެވެ.

ތުޅާދޫގައި ވަރަށް ދިގު މުއްދަތަކަށް ގުރުއާން ކިލާހެއްވެސް އިބްރާހިމް ހުސައިންފުޅު ހިންގެވިއެވެ. އިބްރާހިމް ހުސައިންފުޅުގެ ގޭގައި ހިންގެވި އެ ކިލާހުން އެ ރަށުގެ ވަރަށް ގިނަ ކުދިންނަށް ގުރުއާން ކިޔަވައިދެއްވާފައިވެއެވެ.

އޭނާގެ ޚިދުމަތްތަކުގެ އުސް އަލިތަކަށް ބަލާއިރު ތައުލީމީ ދާއިރާގައި އުމުރުގެ ގިނަ ދުވަސް ހޭދަކުރެއްވި ނަމަވެސް ރަށުގެ ވެރިކަންވެސް ކުރައްވާފައި ވެއެވެ.

އިބްރާހިމް ހުސައިންފުޅުގެ އުމުރުގެ ބޮޑުބައި އިލްމު އުނގަންނައި ދެއްވުމުގައި ހޭދަކުރެއްވިއިރު އޭނާވަނީ ރަނގަޅު އާއިލާއެއްވެސް ބިނާ ކުރައްވާފައެވެ. އެހެނީ ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމާއި މަޝްހޫރު ލިޔުންތެެރިޔާ އަދި ޅެންވެރިޔާ އަންވަރު އިބްރާހިމާއި ފުޓްބޯޅަ ކުޅުންތެރިޔާ އަންސާރު އިބްރާހިމްއަކީ އޭނާގެ ދަރިދަރިކަލުންނެވެ.

އިބްރާހިމް ހުސައިންފުޅުގެ މޫނުދެއްކުން މިއަދު ހެނދުނު 10:00 އިން ފެށިގެން މާލޭގެ އާސަހަރާގައި ކުރިއަށްދާނެއެވެ. ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައިކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top