މަޖިލީހުގެ މުހިއްމު ކޮޓަރިތައް ބަގްކުރަން އުޅެފިކަމަށް ނަޝީދު ވިދާޅުވެއްޖެ

Nasheed-Majlis.jpeg

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރި ބަގް ކުރަން އުޅުނު މައްސަލައެއް ބަލަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން، އެޖެންޑާ ނަމްބަރު 4، ”ރިޔާސަތުން އަންގާ އެންގުން”ގެ ދަށުން ވާހަކަ ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީ ކޮޓަރިއަކާއި މަޖިލިސް ރައީސް އަދި ނައިބު ރައީސްގެ ކޮޓަރިކޮޅު ބަގް ކުރަން އުޅުނު ކަމުގެ މައްސަލައެއް ސަރޖެންޓް އެޓް އަރމްސް ރިޕޯޓުކުރައްވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކާއި، މަޖިލީހުގެ އެންމެ އިސްބޭފުޅުންގެ ކޮޓަރިތަކުގައި ސިއްރުން އަޑު އެހޭނެ ޑިވައިސްތަކެއް ހަރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްފައިވާކަމަށެވެ. މިކަން ހުއްޓުވާފައިވަނީ ފުލުހުންގެ ބޭފުޅަކާއި މަޖިލީހުގެ ސެކިއުރިޓީގައި މަސައްކަތް ކުރާ އަންހެން ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

“މިބާވަތުގެ އާލާތް ހަރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ މީހަކާ ވާހަކަދެކެވި، އެ ސެކިއުރިޓީ ސްޓާފް ވަނީ މަޖިލީހުގެ ސަރޖެންޓް އެޓް އަރމްސްއަށާއި ސެކެޓްރީ ޖެނެރަލް އަށް އެ މައުލޫމާތު ފޯރުކޮށްދީފަ” ނަޝީދު ވިދާޅުވިިއެވެ.

މި މައްސަލަ ފުލުހަށް ހުށައަޅަން ގަސްތުނުކުރައްވާ ކަމަށާއި، މި މައްސަލަ ބެއްލެވުމަށް ނިންމަވާފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމްތަކާއި ގުޅޭ ކޮމިޓީއަށް ފޮނުވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top