ކިހާދޫ ކުނިގޮނޑު ސާފުކޮށްފި

large_155721549832zQpM.png

ކިހާދޫ ކުނިގޮނޑު ސާފުކުރުމުގައި ބައިވެރިވި މީހުން

“ނަމޫނާ ބ. އަތޮޅު” މަޝްރޫއު ދަށުން ބ. ކިހާދޫ ކުނިގޮނޑު ސާފުކޮށްފިއެވެ.

‘ނަމޫނާ ބ.އަތޮޅު’ މަޝްރޫއަކީ މިދިޔަ ފެބްރުވަރީމަހު ބ. ކިހާދޫ ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލްތަކުގެ އިސްނެންގުމުގެ މަތިން ސޮނެވާފުއްޓާ ގުޅިގެން އެ ރަށްތަކަށް ދިމާވެފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ހިންގޭ މަޝްރޫއެކެވެ.

ކިހާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ލުއެއް ހޯދާދިނުމުގެ ގޮތުން ހިންގި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކިހާދޫ މާޅޮސް އަދި ދަރަވަންދޫ ކައުންސިލް އިސްނަގައިގެން ސޮނެވާފުށި ރިސޯޓުގެ އެހީގަ އެވެ.

ސޮނެވާފުށިން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ގިނަ މަސްތަކެއް ވަންދެން ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ފުނިޖެހިފައި ހުރި ކުނި ސާފުކޮށް ހުސްކުރުން ކަމަށެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ ރަށުގެ ކުނި ކޮށީގައި އެއްވެފައި ހުރި ކުންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށާއި އެ ކުނިތަކުގެ ސަބަބުން ރަށުގެ ވެށީގެ ސާފުތާހިރު ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

“ނެޕީގެ އުނދަގޫ ބޮޑުވެ ދެތިންފަހަރު ނެފީ ފުނިޖަހާ އަންދައިފިން. ނަމޫނާ ބ. އަތޮޅުގެ މަޝްރޫއު ދަށުން ރަމަޟާން މަސް ފެށެން ވާއިރަށް އެ ކަމަށް ހައްލެއް ހޯދައިދިނުމަށް މާޅޮސް ކިހާދޫ އަދި ސޮނެވާފުށި އަތުގުޅާލައިގެން ކުނިކޮށި ސާފުކުރީ.” ފަޒީލު ވިދާޅުވިއެވެ.

ކިހާދޫ ކުނިކޮށި ސާފުކުރަނީ—

މައުލޫމާތު ލިބިފައިވާ ގޮތުގައި “ސޮނެވާ ނަމޫނާ” ފަންޑުން” އެ ތިން ރަށުގައި ވެސް އީކޯ ސެންޓްރޯ”ގެ މޮޑެލްގެ ދަށުން ސެންޓަރުތަކެއް ގާއިމްކުރެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top