ތަންތަނަށް ނަން ކިޔާއިރު ދިވެހިބަހަށް އިސްކަން ދޭން ޖެހޭ

1Rd1uXOBhpC2idycEralnk0sX6RHCgO2LxQEzG1N.jpg

ފިހާރަތަކަށާއި ކުންފުނިތަކަށާއި އެހެނިހެން ތަންތަނަށް ނަން ކިޔާއިރު ދިވެހިބަހަށް އިސްކަން ދިނުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ގޮވާލައްވައިފިއެވެ.

ދިވެހިބަހުގެ މާދަރީ ބަހާ ގުޅިގެން މިއަދު ނެރުއްވި ހިތާބުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވިދާޅުވީ ދިވެހި ބަހަށް ގަދަރުކޮށް އިހުލާސްތެރި ވުމަކީ އެކަން އަމަލާއި ބަހުން ސާބިތުކޮށް ދިނުން ކަމަށެވެ. އެގޮތުން ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުން ވެސް ދިވެހިބަހުން މުއާމަލާތު ކުރެއްވުމަށް ޑރ. އަޝްރަފް އިލްތިމާސް ކުރެއްވިއެވެ. އަދި ޖަލްސާތަކާއި ލިޔުއްވާ ލިޔުންތަކުގައި ވެސް އަމަލީ ގޮތުން އެކަން ސާބިތުކޮށްދިނުމަށް ޑރ. އަޝްރަފް ގޮވާލެއްވިއެވެ. މީގެ އިތުރުން، ވިދާޅުވީ ތިމާގެ ދަރިންނާއި ދަރިވަރުންގެ އިތުރުން އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނާ ބައްދަލުވާ ހިނދު ދިވެހި ބަހުން މުހާތަބު ކުރަން އާދަކުރަން ޖެހޭކަމަށެވެ.

“ބަހާއި ޢަމަލު ދިމާވާނީ އޭރުން. ދިވެހިން ދިވެހިންނަށް ވާނީ އޭރުން.” ޑރ. އަޝްރަފްގެ ހިތާބުގައިވެެެއެެވެ.

އަޝްރަފްގެ ޚިތާބުގައި ބަހެއްގެ އަދަބިއްޔާތުގައި ހުންނަންޖެހޭ އެންމެހައި ރިވެތި އަދަބީ ސިފަތައް ވެސް ދިވެހިބަހުގައި ހުރިކަން ފާހަގަކުރައްވައި، އަދަބިއްޔާތެއްގައި ހިމެނޭ ވާހަކަތަކާއި އިސްޓޭޖް ޑްރާމާއާއި ޅެމުގެ ތަފާތު ބާވަތްތައް ދިވެހި ބަހަށް ވެސް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ “ދިވެހިން ދިވެހިންނަށް ވީ ދިވެހި ބަހުން ވާހަކަ ދައްކާތީ އެވެ.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top