ރާއްޖޭގެ ދަރަނި ބޮޑުވަމުން ދާތީ ވޯލްޑް ބޭންކްގެ ކަންބޮޑުވުން

AzJ5DrK1oMv275vay7uA.jpg

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގެ އިގްތިސޯދީ ދުވަލި ކުރިއަރަމުން އައި ނަމަވެސް އެންމެ ބޮޑަށް ކަންބޮޑުވަނީ ރާއްޖޭގެ ދަރަނި ބޮޑުވަމުން އަންނާތީ ކަމަށް ވޯލްޑް ބޭންކް އިން ބުނެފިއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓުގައި ބުނެފައި ވަނީ ދަރަނި ބޮޑުވުމުގެ ސަބަބުން މާލީ ބުރައެއް ރާއްޖެއިން އުފުލަން ޖެހިދާނެ ކަމަށެވެ. އެހެންކަމުން ދަރަނި ރަނގަޅަށް މެނޭޖު ކުރުމަށް ވަނީ ލަފާ ދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިގައި ކުރިއަރައި އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވާ އިރު މެދުރާސްތާގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ ވެސް އިގްތިސޯދަށް އެންމެ ބޮޑު އަސަރެއް ކުރާނީ ރަޝިޔާ އަދި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުންނެވެ. އެއީ އެ ދެގައުމަކީ ރާއްޖެ އަށް އެންމެ ގިނަައިން ފަތުރުވެރިން އަންނަ ދެގައުމަށް ކަމަށްވާތީއެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކަށް މިހާރު ވެސްވަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފައެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެން ހިގައިދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ސަރަހައްދީ އަޕްޑޭޓާއެކު ނެރުނު ‘މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް’ގެ އެންމެ ފަހުގެ އަދަދުގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިއާދަވަމުން އައުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދިނުމުގެ އިތުރަށް، އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެފައެވެ.

ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިން އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށްވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top