ކަމަދޫގައި މެޑިކަލް ކޭމްޕެއް

2JIHOtAYT5hux3D2bfCEIOSFz5IeCj5sYO7Ut8Lr.jpg

ކަމަދޫގައި އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދާ "ސިފައެހީ މެޑިކަލް ކޭމްޕް"

އެމްއެންޑީއެފް މެޑިކަލް ކޯރއިން  ބ.ކަމަދޫގައި “ސިފައެހީ މެޑިކަލް ކޭމްޕް” ގެ ނަމުގައި ކޭމްޕެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕުގައި، އެ ރަށު ރައްޔިތުންނަށް އިންޓަރނަލް މެޑިސިން، ރޭޑިއޯލޮޖީ، އޯރތޮޕީޑިކްސް، ރެސްޕިރޭޓަރީ މެޑިސިން، ސާޖަރީ، ޕީޑިއޭޓްރިކްސް، ޑެންޓިސްޓްރީ، އަދި އާންމު ބަލިތަކަށް ކޮންސަލްޓޭޝަންސް ފޯރު ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެއިތުރުން، ކްލިނިކަލް ސަރވިސްއެއް ކަމުގައިވާ ޕަލްމޮނަރީ ފަންކްޝަން ޓެސްޓްތަކާއި، ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ސެޝަންތައް އެ ރަށު ރައްޔިތުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދާނެ އެވެ.

މި ކޭމްޕުގައި އަށް ޑޮކްޓަރުން ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި ހަ ސްޕެޝަލިސްޓުންނާއި، ޑެންޓިސްޓަކާއި، މެޑިކަލް އޮފިސަރެއްގެ އިތުރުން، ތިން ނަރުހުންނާއި، ފަސްޓް އެއިޑް އިންސްޓްރަކްޓަރުންނާއި ކްލިނިކަލް އެސިސްޓެންޓުންނާއެކު ޖުމްލަ 17 ސިފައިން ބައިވެރިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top