ބީއެމްއެލްއިން ދޫކުރާ ވެހިކަލް ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކޮށްފި

CznInS7XEAItC8c-800x450-800x450.jpg

ބީއެމްއެލް އޭދަފުށި ބްރާންޗް

އިތުރު ރަހުނަކާއި ނުލައި ވެހިކަލް ގަތުމަށް ބީއެމްއެލް އިން ދޫކުރަމުން އަންނަ ލޯނުގެ އިންޓަރެސްޓް ރޭޓު ދަށް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެބޭންކުގެ ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް %15 އިންޓްރެސްޓް ރޭޓުގައި މިއަދުން ފެށިގެން ލޯނު ލިބޭނެ ކަމަށެވެ.

ބޭންކުން ބުނީ މި ލޯން ނެގުމަށް އިތުރު އެއްވެސް އިތުރު ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށާ ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ. އަދި މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

“މި ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން. މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެން ދާނެ.” ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވި އެވެ.

ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް މިއަދު ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި، ކާރުގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަނދާއި ޖެޓް ސްކީ އަދި ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް ގަނެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top