ކެފޭ, ރެސްޓޯރެންޓު ތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ!

AqzwOYuNxnjYGrG-1600x900-noPad.png

އާ އާއްމު ހާލަތުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އަމަލު ކުރަންވީ ގޮތާ ބެހޭގޮތުން މިއަދު އެޗްޕީއޭ އިން އާއްމު ކުރި އުސޫލު ގައި ވާގޮތުން ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.

އެއުސޫލުގައި، ކާބޯތަކެތި އުފައްދާ ތަންތަނާއި، ހޮޓާ، ކެފޭ ރެސްޓޯރެންޓާއި، ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައާއި ކާބޯތަކެތި ރީޓެއިލް ކުރުމުގައި އަމަލުކުރަންޖެގޭ ގޮތާއި، ކާބޯތަކެތި ވިއްކާ މާރުކޭޓުތަކާއި ކެންޓީނުތަކުގައި އަމަލުކުރަންޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ރައްކާތެރިކަމާއެކު ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށް ދިނުމުގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލް ހެދުމަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި މުވައްޒަފުންގެ ސިއްހަތާއި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރި މުވައްޒަފަކު މަސައްކަތަށް ނުނެރުމަށާއި މަސައްކަތުގެ ހުރިހާ ވަގުތެއްގައި މުވައްޒަފުން، ސާފުތާހިރު ހެދުމެއްގައި ސާފުތާހިރުކޮށް ތިބުމާއި، މާސްކް އަޅައި ތިން ފޫޓުގެ ދުރުމިން ބަހައްޓައިގެން މަސައްކަތް ކުރަންވެސް އުސޫލުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top