މަތީ ލައިސަންސް އޮންނަ މުދައްރިސުންގެ މުސާރަ ބޮޑުވާގޮތަށް ތައުލީމާބެހޭ ގާނޫނު އެކުލަވާލަނީ.

EIqfhcxXUAASJ65-876x584.jpg

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މަޖިލީހުގައި - ފޮޓޯ: މަޖިލިސް

އެންމެ މަތީ ލައިސަންސް އޮންނަ މީހުންނަށް މުސާރަ ބޮޑުވާގޮތަށް “ތައުލީމާ ބެހޭ” ގާނޫނު އެކުލަވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މުދައްރިސުންގެ އަތުގައި ކިޔަވައިދިނުމުގެ ލައިސަންސް އޮތުމަކީ ތަޢުލީމީ ދާއިރާ ކުރިއަރުވައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބިގެންދާނެ ފުރުސަތެއް  ކަމަށެވެ. އަދި މުދަރިސުންނަކީ ލައިސަންސް އޮންނަންޖެހޭ ބައެއްކަމަށް ގާނޫނަކުން ކަނޑައަޅައިފިނަމަ އެ ހޯދުމަށް މުދައްރިސުން މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މުސްތަގުބަލުގައި ފެންނަން ފަށާފާނެ ޑިގްރީއެއް އޮންނަ މީހަކަށް ހަމައެއްވެސް ކަމެއް ނުކުރެވެއޭ. މި ހަމަ ދައުލަތުން ހިލޭ ލާރި ލިބޭތީ ޑިގްރީއެއް ހަދާލައިގެން އެކަމަކު އޭގެ ޔޫސް [ބޭނުން] އޭނައަށް ނުކުރެވި. އެހެންވީމަ އެ ވެލިޔު ދަށްވެދާނެ. ކޮންމެސް ގޮތަކަށް ހެދޭނީ މިވެނި ޝަރުތުތަކެއް ހުންނަ ކުދިންނަށް ނުވަތަ ކިޔެވުމުގެ ޝައުގުވެރިކަން ހުންނަ ކުދިންނަށް އެ ހެދޭ ކަހަލަ ގޮތަކަށް އޮތުން ރަނގަޅުވާނެ ކަންނޭނެ،” މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ތަޢުލިމާ ބެހޭ ޤާނޫނު އެކުލަވާލާއިރު މުދައްރިސުންގެ ލައިސަންސާއި އެމީހުންނަށް ލިބޭ މުސާރައާ ގުޅުވުމަކީ މުހިއްމު ކަމެއްކަމަށެވެ. މީގެ އިތުރުން އެ ލައިސަންސަކީ ވަކި މުއްދަތަކަށް އޮންނަ އެއްޗަކަށް ހެދުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top