ވައިޓް ބައި 8 އެސް: ރޯދަ ވީއްލަން ދާންވީ ތަނަކީ އެއީ

DSCN7235.jpg

ވައިޓް ބައި އެއިޓް އެސް އަކީ ކޮންމެ އަހަރެއްގެ ރޯދަވީއްލުމަށް ވެސް ތަފާތު މެނޫއެއް އޮންނަ ރެސްޓޯރެންޓެކެވެ. 

މިލިޔުމުގެ ތިރިން ފެންނަން އެހެރަ މެނޫއަށް ބަލާލީމަވެސް އެނގޭދޯއެވެ. މިއަހަރު މާބޮޑަށްވެސް ތަފާތުވެފައި، ހިތްގައިމެއް ނޫން ހެއްޔެވެ؟

”ޑިމާންޑް ކިހިނެއްކަން އެނގޭތަ؟ ވަރަށް ބާރުބޮޑު. ރިޒާވް ކުރަންޏާ އަވަހަށް ގުޅާލަންވީ. އެކަމަކު އެއްދުވަސް ކުރިން އިނގޭ. ނަމްބަރަކީ 9933388.“

ރެސްޓޯރެންޓް މެނޭޖަރު ފަހީމް ބުނީ ވައިޓް ބައި 8 އެސްގެ ތަފާތަކަށް ވާނީ ކޮލިޓީއާއި، ރަހަ އަދި މާހައުލު ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ކަސްޓަމަރުން ވަރަށް އުފަލުން ވަރަށް ގަޔާވެގެން ރޯދަ ވީއްލައި، ކޮފީވެސް ބޯލައިގެން ދިއުން ކަމަށެވެ.

 ”ތަނުގެ މާހައުލުވެސް ސީދާ ގުދުރަތީ ގޮތްތަކަށް. އަރާމު ގޮނޑިއެއްގައި، ތަފާތު ރަހައެއް. އާއިލާއާ ވަރަށް ރައްޓެހި. ކުޑަކުދިން ގޮވައިގެންވެސް ހަމަ އަންނަންވީ. އެކަމަކު ކުރިޔަށް ރިޒާވް ކޮށްލައްވަން ވާނެ” ޝަބީން ބުންޏެވެ. “

އޭނާ ބުނީ ޑިމާންޑް ބޮޑުކަމަށާ، ކޭޓާ ކުރަމުންދަނީ ކޮލިޓީ ނުގެއްލި، އާންމުންވެސް ހިތްހަމަ ޖެހޭގޮތަށް ކަމަށެވެ. 

“އެއްފަހަރާ ގިނަ ބަޔަކު ގެނެސް ވަރަށް އާދައިގެ މެނޫއެއް ހަދާލައިގެންވެސް މިކަން ކުރެވިދާނެ. އެކަމަކު ކޮލިޓީ ނުގެއްލި މިކަން ނުކުރެވޭނެ އޭރުން. ޑިމާންޑް ހަމަ ވަރަށް ބޮޑު.“ 

އެނގޭ ހެއްޔެވެ؟ ކުޑަ ކުދިން ގޮވައިގެން ދާންވެސް މިރެސްޓޯރެންޓް ހަމަ ވަރަށް ފައްކަލެވެ. 8 އަހަރުން ދަށުގެ ކުދިންނަށް މުޅިން ފްރީއެވެ. ބޭބީ ޗެއާވެސް އެބަހުއްޓެވެ. ޒުވާން ދޮން ވެއިޓަރުން ވަރަށް ބޮޑަށް ކެއާކުރޭ އިނގޭއެވެ. އިތުރަށް ބުނާނަމަ 10 މީހުންގެ ގްރޫޕެއްނަމަ އިތުރު އެކަކު ފްރީކޮށްލާނެ ކަމަށްވެސް ފަހީމް ބުންޏެވެ. 

އޭދަފުށީ ޑޭޒީ ހިނގުމުގައި ސްލޭ ދަ ސްޓައިލް ފިހާރަ ކުރިމަތިން ބަގީޗާ ގަސްތަކެއްލާފައި އެހުރީ އެތަނެވެ. ވަންނަ އިރު ފެންނާނީވެސް މަސްފެންގަޑަކަަށް ފެން އޮހޭ މަންޒަރާއި ގުދުރަތީ އަޑެވެ. އެއްފަހަރާ 70 މީހުންނަށް ދައްޗެއްނެތި ހިނިތުންވެ ތިބެގެން ރޯދަ ވީއްލޭނެއެވެ

ނޯޓް: މިއީ ވިޔަފާރި އުސޫލުން ޕަބްލިޝް ކުރި ލިޔުމެކެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top