އިންޑިއާއާ ހަވާލުކުރި ހަތަރު ހޮސްޕިޓަލްގެ މަސައްކަތް ޗައިނާ އަށް

361309_3_8af95d54d8a75d9a23031f6e41b1ad0b595ad5d3_large.jpeg

ހޮސްޕިޓަލްތައް ހެދުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހަތަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް އިންޑިއާ ކުންފުންޏަކާ އެކު ސޮއިކުރުމަށް ފަހު މަސައްކަތް އަވަސްކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާއާ) އާ އެވެ. މި އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސިޑްކާގެ ވައިސް ޗެއާމަން ދިން ބޯ ޖިން އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ތަރައްގީއާ ގުޅޭ އިތުރު އެއްބަސްވުންތަކެއްގައި ވެސް ޗައިނާގެ ކުންފުންޏާއެކު ވަނީ ސޮއިކޮށްފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހޮސްޕިޓާ އިމާރާތްކުރަނީ ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އަލިފުށީގެ އިތުރުން ގއ. ވިލިނގިލީގައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ މި އެއްބަސްވުންތަކަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. މި މަޝްރޫއުތައް ފެށުމަށް ޗައިނާގެ ތަޖުރިބާކާރު ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި ލަސްތަކެއް ނުވެ މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ސިޑްކާގެ ވައިސް ޗެއާމަން ދިން ބޯ ޖިން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top