އެންމެ ރީތި ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑް ހަމްޕުއަށް

hampu-wins-game-for-nrsc.jpg

ފޮޓޯ :އެފްއޭއެމް

އެންމެ ރީތި ލަނޑު ކާމިޔާބުކުރާ ކުޅުންތެރިޔާއަށް ދޭ “ޖޫލޭ އެވޯޑު” އޭދަފުއްޓަށް އުފަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު) ހޯދައިފިއެވެ. ހަމްޕުއަށް މި އެވޯޑު ލިބިފައިވަނީ ދިވެހި ޕްރިމިއާ ލީގުގައި ފ.ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑަށެވެ.

މިއެވޯޑަށް ޓީސީ ސްޕޯޓްސްއަށް ކުޅޭ އޭދަފުށީ އިޝާން އިބްރާހީމް (ސައްޓު )ވެސް ވާދަ ކުރިއެވެ.

ޖޫލޭ އެވޯޑަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރު ގެނެސްދޭ ވެބްސައިޓް މޯލްޑިވްސްފުޓްބޯލް ގުޅިގެންދޭ އެވޯޑެކެވެ.

އެ އެވޯޑަށް އިޝާންގެ އިތުރުން ހަމްޕުއާ ވާދަ ކޮށްފައިވަނީ ތިމަރަފުށީގެ އަމީން ޝާހާއި ޔުނައިޓެޑް ވިކްޓަރީގެ ހަސަން ފައިރޫޒާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މޫސާ ޔާމީނާއި ފެހެންދޫ ޓީމުގެ އަހްމަދު ނިޒާމާއި ޓީސީގެ އަލީ އަޝްފާގު (ދަގަނޑޭ) އަދި ފޯކައިދޫގެ ޓީމުގެ މުހައްމަދު ޖައިލަމެވެ. އޭގެ ތެރޭގައި ފޭދޫ އިއްބެގެ ދެ ލަނޑު ހިމެނުނު އިރު، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް އޭނާ ކާމިޔާބުކުރި ލަނޑު ވެސް ފާހަގަކޮށްލެވެއެވެ.

ޖޫލޭ އެވޯޑަކީ އާއްމުންނަށް ހުޅުވާލައިގެން ހޮވާ އެވޯޑެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top