ރިސޯޓްތަކުން ސާވިސްޗާޖް ދޭތޯ ސަރުކާރުން ބަލަނީ

voxpn3aKN3FCxar5neY0Lh9bZHSbIJ3boaV2wvrIgallery2018Dec29074029-755x435.jpg

ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރަޢިސް ވާހަކަފުޅު ދައްކަވަނީ.

ރިސޯޓްތަކުން މުވައްޒަފުންނަށް ދޭންޖެހޭ ސާވިސްޗާޖު ގާނޫނާއި އެއްގޮތަށް ދެމުން ގެންދޭތޯ ކަށަވަރު ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިސޯޓްތަކުން މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސްޗާޖް ގާނޫނާއި އެއްގޮތަށް ނުލިބޭ ކަމުގެ ޝަކުވާތަކެއް އަޑުއިވެމުންދާ ކަމަށާ އެކަން ހައްލު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްްޓްރީއިން އެކަންކަން ބަލަމުން ގެންދާނެ ކަމަށެެވެެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ދިވެހިންނަށް ރިސޯޓްތަކުން ދޭން ޖެހޭ ނިސްބަތަށް ވަޒީފާ ނުދޭ މައްސަލަަވެސް ފެންމަތިވެފައިވާ ކަމުގައެވެ. އެކަން ހައްލު ކުރުމުގެ ގޮތުންނާއި، ދިވެހިންނަށް ރިސޯޓްތަކުގެ ވަޒީފާ ޔަގީންކޮށްދިނުމުގެ ގޮތުން ދިވެހިން ގެންގުޅެން ޖެހޭ ނިސްބަތަށްވުރެ އިތުރަށް ވަޒީފާގައި ދިވެހިން ގެންގުޅޭ ރިސޯޓްތަކަށް ޓެކްސް އިންސެންޓިވް އެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުމީހާގެ ޖީބަށް ފޯރާނެ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުން ކަމަށާ އެކަމަން ތަންފީޒު ކުރުމަށް ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ޓޫރިޒަމް މިނިސްޓްްރީއިން މިހާރު ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ގެސްޓް ހައުސް ވިޔަފާރި ތަރައްގީކުރުމުގެ ގޮތުން އެސްއެމްއީ ފައިނޭންސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްއެފްޑީސީ)ގެ ނަމުގައި ސަރުކާރު ހިއްސާ ވާ ކުންފުންޏެއް އުފައްދަވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

“މިކުންފުނި ފުރަތަމަ ގާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ. މާތް ﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރަވަރީ މަހުގައި ފެށިގެން ދާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ ރޫފަ ހެޔޮކަމާއި، ފަރުދީ ތިޔާގި ކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއަރުވަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top