އަމިއްލަފުށިން އަނެއްކާވެސް ފުޓްބޯޅަކޭމްޕެއް ބާއްވައިފި

220544_3_83f3b1effc9449c9bb9c01b2b731bbcf872127f0_medium.jpg

އަމިއްލަފުށީގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދަރަވަންދޫ ދެ ކުއްޖެއް ބޯޅަ ހިފައިގެންދުވަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ބ.އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓުން މިއަހަރު އެޕްރީލް އެއްވަނަ ދުވަހު ވަނީ އޮސްޓްރޭލިއާގެ ފުޓްބޯލްޓެކް އެކެޑަމީއާ އެކު ފުޓްބޯލް ކޭމްޕެއް ހިންގިއެވެ. މި ކޭމްޕްގައި އަމިއްލަފުށި ރިޒޯޓާއި، އެ ރިޒޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ކުދިންގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިރީހަކަށް ދަރިވަރުން ބައިވެރިވި އެވެ.

އޭރު އަމިއްލަފުށިން ބުނެފައިވަނީ ފުޓްބޯޅައިގެ ދުރު ރާސްތާ މަސައްކަތްތަކެއް ރާއްޖޭގައި ކުރުމުގެ ވިސްނުން އެބަހުރި ކަމަށާ މިއީ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް އަމިއްލަފުށިން ހޯދައިދޭ އަގުހުރި ފުރަތަމަ ފުރުސަތުކަމާ މިއީ ފެށުން ކަމަށްވެސް ބުނެފައެވެ.

އޭގ އަށްމސްދުވަސް ފަހުން އަމިއްލަފުށިން ވަނީ އަނެއްކާވެސް ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ވަނީ ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އެއް ބާއްވާފައެވެ.

މި ޓްރެއިނިންގެ ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ކޭހިލްއެވެ. އަމިއްލަފުއްޓާއި އޭނާއާދެމެދު އޮތް ގާތް ގުޅުމެއްގެ ސަބަބުން އެރިސޯޓަށް އައިސް ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އެކު ކޭމްޕް ހިންގާއިރު މިމަސައްކަތުގައި އޭނާ އާ އެންމެ ގާތުން އެހީތެރިވަމުން ދަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ.

އިއްޔެ ނިމުނުއިރު މި ކޭމްޕްގައި ޖުމްލަ 40 ކުދިން ބައިވެރިވިއެވެ. މީގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ދަރަވަންދޫ ކުދިންނެވެ. އިތުރު ބައިވެރިންނަކީ އެ ރިސޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ދަރިންނެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އިއްޔެ ނިމުނުއިރު، ދުވާލަކު ގަޑިއިރާއި ބައި ތަމްރީނު ދިނެވެ.

“އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފިން. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ރާއްޖޭން ވެސް މިވީ ހަތަރު ދުވަސްތެރޭގައި ހުނަރުވެރި ކުދިން ފެނިއްޖެ. ހުނަރަކީ އުނގަންނައިދީގެން ތަރައްގީ ކުރެވޭ އެއްޗެއް. ބޭނުންވަނީ މި ފަދަ ޕްރޮގްރާމްތައް ގިނައިން ގެންދިއުން. ފުޓްބޯޅައިގައި ވެސް ދަސްކުރުން ހުއްޓާލައިގެން ނުވާނެ،” “މިހާރު “ނޫހަށް ދިން ބަސްދީގަތުމެއްގައި ކޭހިލް ބުންޏެވެ.

މި ފަހަރުގެ ޓްރެއިން ކޭމްޕް ހާއްސަކޮށްފައިވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 5 އަހަރާ 8 އަހަރާ ދެމެދާއި 9 އަަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.

އަމިއްލަފުށިން ބުނީ ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ އެހެން ޓްރެއިނިން ކޭމްޕްތަކުގައި އެހެން ރަށްތަކުގެ ކުދިންނަށް ވެސް ފުރުސަތުދޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top