ލޯބިވެރިޔާ އަތުން ނެގި ފައިސާތަކެއް އަނބުރާ ދޭން ޖެހިއްޖެ

img_md_202203060802311646578951.7302.jpg

ކުރީގެ ލޯބިވެރިޔާ އަތުން ނެގި 82000 ރުފިޔާ އަނބުރާ ދައްކަން ފިރިހެނެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އޭނާ އަތުން ހޯދި 4،300 ޑޮލަރާއި 37،000 ރުފިޔާގެ މައްސަލައެއްގައި ހުކުމްކޮށްފައި ވަނީ އުތުރުގެ ރަށަކަށް ނިސްބަތްވާ ފިރިހެނަކަށެވެ. އޭގެ ތެރެއިން 21،000 ރުފިޔާ ފުލުހުން މެދުވެރިކޮށް އަނބުރާ ލިބުނު ކަމުގައި ވިޔަސް ބާކީ ހުރި ފައިސާ އަންހެން މީހާއަށް ލިބިފައެއް ނުވެއެވެ.

އެހެންވެ ސިވިލް ކޯޓުގައި އަންހެން މީހާ ދައުވާ ކުރިއެވެ.

ކޯޓުގައި ފިރިހެން މީހާ ބުނަނީ ލޯބީގެ ގޮތުން ދެ މީހުން އެކުގައި އުޅުނު ދުވަސްވަރު އަންހެން މީހާއަށް ވެސް ހަރަދުކުރި ކަމަށާއި އަންހެން މީހާ އަތުން ނެގި ފައިސާ އަކީ އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާއެއް ނޫން ކަމަށެވެ. ފައިސާ އަނބުރާ ހޯދަން އަންހެން މީހާ ދައުވާކުރީ ދެ މީހުން ވަކިވުމުން ކަމަށް ވެސް ބުންޏެވެ.

ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ލޯބީގެ ގޮތުން ދެ މީހުން ގުޅިގެން އުޅުނު ނަމަވެސް, އަންހެން މީހާއަކީ ފިރިހެން މީހާއަށް އެއްވެސް ޚަރަދެއް ކުރަން ޖެހޭފަދަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އެ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ނުވަތަ ހަދިޔާއެއްގެ ގޮޮތުން ދިން ފައިސާއެއް ކަން ގާނޫނީ ގޮތުން ފިރިހެން މީހާއަށް ސާބިތުކޮށް ނުދެވުނު ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެހެންވެ ދައުވާކުރާ ފަރާތުން ހުށަހެޅި ދައުވާ މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށާއި ދައުވާކުރާ ފަރާތުން ހޯދަން އެދުނު ފައިސާ ޝަރީއަތުގެ ފަރާތުން ފިރިހެން މީހާގެ އަތުން ނަގައިދީ, އެއް މަސް ދުވަހުގެ ތެރޭގައި 4،300 ޑޮލަރާއި 16،000 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް  ފިރިހެން މީހާގެ ޣައިރު ހާޒިރުގައި ހުކުމްކޮށް ގަޒިއްޔާ ނިންމަންޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top