އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ދޭން ފަށައިފި

islamic-bank.jpg

އޭދަފުށީގައި ހުޅުވި އިސްލާމިކް ބޭންކްގެ އޭޓީ އެމް

އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ހުޅުވައި، އެ ބޭންކްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އޭދަފުށީގައި މި ހިދުމަތް ދޭން ފައްޓަވައިދެއްވީ އެމްއައިބީގޭ އެކްޓިން ސީއީއޯ އަހްމަދު ރިޒާ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އަދި އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު އެވެ.

އެމްއައިބީން ބުނީ އެ ބޭންކްގެ ބ. އަތޮޅު ބްރާންޗަކީ އެމްއައިބީގެ އެހެން ބްރާންޗްތަކާއި ހިލާފަށް ޓެކްނޮލޮޖީގެ އެހީގައި ހިންގޭ ބްރާންޗަކަށް ވާނެ ކަމަށެވެ. އެގޮތުން އެކި ހިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު “އެޕްލައިނައު” ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައިވާ އިރު ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތް 24 ގަޑިއިރު ޒަމާނީ އޭޓީއެމް މެޝިނެއް މެދުވެރިކޮށް ލިބޭނެ އެވެ.

ރިޒާ ވިދާޅުވީ ބޭންކުން ތައާރަފްކުރި މި އާ މޮޑެލްގައި އެ ބޭންކުގެ އެކައުންޓުން ފައިސާ ނެގުމާއި ބޭންކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އޭދަފުށީގައި ބެހެއްޓި އޭޓީއެމް މެޝިން ބޭނުން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ބެހެއްޓިފައިވާ ކޮންމެ ޕީއޯއެސް މެޝިނަކުން ވެސް ބޭނުންކުރެވޭ ވިސާ ކާޑެއް ވެސް އެ ބޭންކުން ވަނީ ދާދިފަހުން ތައާރަފްކޮށްފަ އެވެ. އެއީ އެޕްލައިކުރުމާ އެކު ވަގުތުން ލިބޭ ކާޑެކެވެ.

އެމްއައިބީއިން ދަނީ ސ. ހިތަދޫ، ފުވައްމުލައް، ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި އަދި ހުޅުމާލޭގެ އިތުރުން މާލޭގައި ބްރާންޗަކާއި ކަލެކްޝަން ސެންޓަރެއް ހިންގަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 އޭޓީއެމް ހިންގަމުންނެވެ. ބ އަތޮޅަކީ އެމްއައިބީގެ ހިދުމަތް ދޭންފެށި ހަވަނަ އަތޮޅެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top