އެޑިއުކޭޝަން މިނިސްޓަރ ބ.އަތޮޅުގައި

minister.jpg

2 ނޮވެމްބަރ : އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމަށް ދަރަވަންދޫ އެއަރޕޯޓުން މަރްހަބާ ދެންނެވުން- ފޮޓޯ : ނާސިހު

ބ.އަތޮޅުގެ ސްކޫލްތަކަށް ކުރައްވާ ޒިޔާރަތެއްގައި މިއަދު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ބ.އަތޮޅަށް ވަޑައިގެންފިއެވެ. ދަރަވަންދޫ އެއަރޕޯޓުން މިނިސްޓަރއަށް މަރުހަބާ ދެންނެވީ ދަރަވަންދޫގައި ތިއްބެވި ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި ބ.އަތޮޅު މަދަރުސާގެ މުވައްޒަފުންނެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫގެ އިތުރުން ކުޑަރިކިލާއި ކަމަދޫ އަދި ކެންދޫއަށެވެ.  އޭދަފުށްޓަށާއި މާޅޮހާއި ހިތާދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައި މާދަމާއެވެ. އެއަށްފަހު އަތޮޅުގެ އެހެން ރަށްރަށަށް ވެސް މިނިސްޓަރގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ރަށްރަށަށް ވަޑައިގެން ސްކޫލުތަކުގެސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ އަދި ރަށު ކައުންސިލުތަކާ މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ވެރިންނާއި ބައެއް މީޑިއާތައްވެސް ބައިވެރިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top