ކީރިތިޤުރުއާންގެ ވަރަށްގިނަދުވަސްވެފައިވާކޮޕީއެއް ހޯދައިފި

ޔުނިވަރސިޓީއިން ފެނުނު މުޞްހަފް

ޔުނިވަރސިޓީއިން ފެނުނު މުޞްހަފް

1370 އަހަރުވެފައިވާ ކީރިތިޤުރުއާންގެ ކޮޕީއެއް އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ހޯދައިފިއެވެ.

ބީބީސީ ނިއުސްއިން ބުނިގޮތުގައި އެމުޞްޙަފް ފެނިފައިވަނީ ޕީއެޗްޑީ ރިސާޗާރއަކަށް އެޔުނިވަރސިޓީގެ ލައިބްރަރީގެ ތެރެއިންނެވެ. އެތަނުގައި އޮންނަތާވެސް ސަތޭކަ އަހަރުވެދާނެކަމަށާއި މުޞްޙަފަށް 1370 އަހަރުވެފައިވާކަން އެނގުނީ ރޭޑިއޯކާބަން ޑޭޓިންގޓެސްޓްހަދައިގެންނެވެ.

ބަރމިންގހަމް ޔުނިވަރސިޓީގެ ލައިބްރަރީގައި އެމުޞްޙަފް ބާއްވާފައިއޮތީ އެއްވެސް ޚާއްޞަ ފާހަގައެއްނެތި މެދުއިރުމަތީގެ ފޮތްތަކުގެ ތެރޭގައެވެ.

ކަންބަޅި ނުވަތަ ބަކަރިހަމުގައި ލިއެފައިވާ މި މުޞްޙަފްގެ އަކުރުތައް ވަރަށް ސާފުކޮށް ކިޔަން އެގޭ ކަމަށާއި މިއީ ދުނިޔޭގައިއޮތް އެންމެގިނަދުވަސްވީ މުޞްޙަފްކަމަށް ވާނެކަމަށް އެޚަބަރުގާ ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top