މާޅޮހު ”ފާތުމަ” ވިއްކާލަނީ

0-02-05-f5c879ee21b45828e841d0e73fbb28c14eea19e4fae5f2f6b66defde23441492_full-1024x626.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން އެ ބޭންކްގައި ރަހުނުކޮށްފައިވާ “ފާތިމާ” ކިޔާ ސަފާރީއެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބީއެމްއެލް އިން އިއުލާނު ކޮށްފިއެވެ.

ދިގުމިނުގައި 29 މީޓަރު އަދި ފުޅާ މިނުގައި 9.5 މީޓަރު ހުންނަ މި ސަފާރީ އަކީ ބ. މާޅޮހަށް ނިސްބަތްވާ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސަފާރީއެކެވެ.

ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ސަފާރީ ވިއްކާލަނީ އިންޖީނާ ވެސް އެކުގައެވެ. ސަފާރީ ވިއްކާލުމަށް ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ -/1,250,000 ރ. (އެއް މިލިއަން ދެލައްކަ ފަންސާސް ހާސް ރުފިޔާ) އެވެ.

މި ސަފާރީ ގަތުމަށް އެދޭ ފަރާތްތަކުން 23 ޖުލައި 2018ގެ މެންދުރު ފަހު 1:20 ގެ ކުރިން ސިޓީ ހުށަހެޅުމަށް ބީއެމްއެލް އިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އެ ސަފާރީ ވިއްކާލަނީ ބޭންކް އޮފް މޯލްޑިވްސް އިން ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޑިމާންޑް ލޯނަކަށް ފައިސާ ނުދައްކައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top