ފިލްމީ ތަރި، ފައުޒިއްޔާ މަރުވެއްޖެ

HGAMVUJruRuwfucO43GzBi24Ad5eHrJfaRsSclwP.jpg

ދިވެހި ފިލްމީ ބަތަލާ، ފައުޒިއްޔާ ހަސަން 80އ. (އުއްސަކުރު ފައުޒިއްޔާ )މަރުވެއްޖެ އެވެ.

ދިވެހި އެތައް ފިލްމަކުންނާއި ޑްރާމާތަކުން ފެނިފައިވާ ފައުޒިއްޔާ މަރުވީ މިއަދު ސްރީ ލަންކާގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.

1942 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު އުފަންވި ފައުޒިއްޔާ އެކްޓިން ދާއިރާ އަށް ނުކުތީ 1985ވަނަ އަހަރު އެވެ.

އެންމެ ފަހުން ފައުޒިއްޔާ ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު ބައިސްކޯފުން ސްޓްރީމްކުރި މަދޮށިޕްގެ “ފަރީ” އެވެ. އޭނަ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި “ހައްދު”، “ވާ ލޯބި އެނގޭ ނަމަ”، “ދިން ވޭނުގެ ހިތާމައިގައި”، “ދޮންކަމަނަ”، “ލޯތްބަށްޓަކާ” އަދި “ޔޫސުފް” ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ފައުޒިއްޔާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި “ރޭޝަމް”، “ދޯޕައްޓާ”، “ހިނިތުންވެލާށޭ ކަލާ” އަދި “މަގޭ ހިތަކީ ހިތެއް ނޫންހޭ” ހިމެނެ އެވެ.

ހަމައެއާއެކު 1994 ވަނަ އަހަރު ޖާސޫސްކުރުމުގެ ތުހުމަތުގައި އިންޑިއާއިން ފައުޒިއްޔާ ހައްޔަރުކުރި މައްސަލާގައިވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ނަމަވެސް 3 އަހަރު ދުވަސް ވަންދެން އިންޑިއާގެ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅެފައިވަނީ ނުޙައްޤުންކަމަށް އިންޑިއާގެ ތަހުގީގީ މައި އިދާރާ ސީބީއައި އިން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top