ފީނަށް ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

b_ex5ielZ4qdvMBJxxjSCIlnMNz-1.jpeg

ފީނަށް ގޮސް އުޅެނިކޮށް މަރުވި އަލީ މިމްރާހު

ރ. އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

ފީނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ އެރަށު އަލީ މިމްރާހު، 25 އެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ފީނަށް ގޮސް އުޅެނިކޮށް މިމްރާހު ގެނބިގެން އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، އުނގޫފާރުގައި ފީނަށް ގޮސް އުޅުނު މީހަކު ގެނބިފައިވާ ކަމަށް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top