ސިފައިންގެއަށް ވަންނަން ބޭނުންތަ؟ މިއޮތީ ފުރުސަތު 

maldives-national-defence-force-22795157-7c70-4d86-bf8b-0c083f3af3f-resize-750.jpeg

ސިފައިންގެ އަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި އެންމެ ދަށްވެގެން، ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ކަމަށެވެ. މީގެ އިތުރުން އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައި ވާން ޖެހެއެވެ.

ހަމަ އެހެންމެ ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުމާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް ނެތް މީހަކަށް ވުމުގެ އިތުރުން އިސްކޮޅުގައި ފިރިހެނެއް ނަމަ 5 ފޫޓް 5 އިންޗި އަދި އަންހެނެއް ނަމަ 5 ފޫޓް 3 އިންޗި ހުރި މީހަކަށް ވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެން ނުވާނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން، ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށް ބުންޏެވެ.

ވަޒީފާއަށްއެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވެސް ޖެހެއެވެ.

ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް ޑިފެންސް މިނިސްޓްރީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top