ބޭނުންވާ ތަކެތި
115 ގްރާމް ބަޓަރު
170 ގްރާމް ކުކިންގ ޗޮކްލެޓް
60 ގްރާމް ހަކުރު މުގުރާފައި
2 ބިސް
2 ބިހުގެ ގޮބޮޅި
35 ގްރާމް ގޮދަން ފުށް
1/8 ސައި ސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް
ބަޓަރާއި ޗޮކްލެޓް މައިކްރޯވޭވް ކޮށްލާފައި ރަނގަޅަށް އެއްކޮށްލާށެވެ. ހަކުރާއި ބިސް ރަނގަޅަށް އެއްކޮށްލުމަށް ފަހު ފުށާ ލޮނުކޮޅު ލައިގެން ރަނގަޅަށް ގިރާލުމަށްފަހު ތައްޔާރު ކޮށްފަހުރި ޗޮކްލެޓްކޮޅު އަޅާލުމަށްފަހު އެއްކޮށްލާށެވެ.
ތައްޔާރު ކުރި މަފިން ޓްރޭގައި މާޖަރިން ހޭކުމަށްފަހު ހިކި ފުށް ކޮޅެއް ހާކާލާށެވެ. އެއަށް ފަހު އަވަންގެ ހޫނު މިން 200 ޑިގްރީގައި ބަހައްޓައިގެން 13 މިނިޓް ވަންދެން ފިހެލާށެވެ.
މި ކޭކު ވެނިލާ އައިސްކްރީމް އާއެކު ވަރަށް މީރުވާނެއެވެ.