ސައްޓު ޖެހި ގޯލާއެކު މިލަންދޫއަށް ލީގުގައި މޮޅެއް ލިބިއްޖެ

DSC_4702.jpg

ދިވެހި ޕްރިމިއަރ ލީގު ގައި މާޅޮހާ ދެކޮޅަށް މިލަންދޫން ކުޅުނު މެޗްގައި ސައްޓުި ބޯޅަ ހިފައިގެން ކުރިޔަށ ދާން މަސައްކަތް ކުރާއިރު އޭނާގެ ދެފަރާތުގައި ކުޅުންތެރިން ވިއްދާފައި. މިމުބާރާތުގައި ސައްޓު އަންނަނީ އާދަޔާ ހިލާފް މޮޅު ކުޅުމެއް ދަންކަމުން / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ޖެހި ގޯލާއެކު 2-0 ގެ ނަތީޖާއަކުން ކުޑަހުވަދޫ ބަލިކޮށް މިލަންދޫން ދިވެހި ޕްރިމިއަރ ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޕްރިމިއަރ ލީގުގައި މިލަންދޫޓީމުގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސައްޓު ލަނޑު ޖެހީ ރޭ ކުޑަހުވަދޫއާ، މިލަންދޫ ގަލޮޅު ދަނޑުގައި ކުޅުނު ލީގުގެ ފުރަތަމަ ބުރުގެ ފަހުމެޗުގައެވެ. މެޗުގެ ކުރީކޮޅު ސައްޓު ލަނޑުޖަހައި ކުރި ހޯދާފައިވަނިކޮށް ދެވަނަ ހާފުގައި މިލަންދޫއަށް ލީޑު ފުޅާކޮށްދިނީ އެޓީމްގެ އިބްރާހީމް ޝިޔާމް ޖެހިގޯލާއެކުއެވެ. މިގޯލަށްފަހު ރެފްރީއާމެދު ނުރުހުން ފާޅުކޮށް ކުޑަހުވަދޫ ކުޅުންތެރިން ދަނޑުން ވަނީ ފައިބައިފައެވެ.

ރޭގެ މެޗުގައި މިލަންދޫން ގިނަ އެޓޭކްތަކެއް ކުރިއިރު ސައްޓުގެ މޮޅުކުޅުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. އަދި އޭނާ ހިފެހެއްޓުމަށްޓަކައި ކުޑަހުވަދޫގެ 2 ޑިފެންޑަރުން އޭނާ މާކް ކޮށްގެންވެސް ކުޅެންޖެހުނެވެ.

ޕްރިމިއަރ ލީގުގައި މީގެ ކުރިން ސައްޓުކުޅުނު ދެމެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް އޭނާވަނީ ހޯދާފައެވެ. އޭނާގެ ކުޅުމަށް ދިވެހި ގައުމީ ކޯޗާއި، ލީގުގެ ބޮޑެތި ޓީމްތަކުގެ ކޯޗުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top