ކެންދޫ ފަރަށްއެރި ކޮޅުވެއްޓި ފުންކޮށްފި

l_150600590116xPyf.jpg

ކެންދޫ ފަރަށް އެރި ބޯޓް- ފޮޓޯ : ކެންދޫ ކައުންސިލް

ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުންކުރި ހައިމާކެއް ހިފައިގެން އިއްޔެ ހެނދުނު ކެންދޫ ނެރުން ނުކުންނަން އުޅެނިކޮށް ފަރަށް އެރި ކޮޅުވެއްޓި ރޭ ފުންކޮށްފިއެވެ.

ކެންދޫ ކައުންސިލް މެންބަރު އިބްރާހީމް އަބްދުއްރަހްމާން ވިދާޅުވިގޮތުގައި ރޭގެ ދަންވަރު ކޮޅުވެއްޓި ފުންކޮށްފައިވަނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނާއި ކޮޅުވެއްޓީގެ ފަޅުވެރިން އެކުވެގެން ކުރި މަސައްަކތުންނެވެ.

މި ހާދިސާގައި ކޮޅުވެއްޓިއަށާ ހައިމާކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާ އެހެންނަމަވެސް ފަރުން ގާތްގަނޑަކަށް ފަސްހާހެއްހާ އަކަފޫޓުގެ ގެއްލުން ލިބިފައިކަމަށް ލަފާކުރެވޭ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަނޑުގައި ދުއްވާ އުޅަނދެއް ފަރަކަށް އަރައިގެން އެފަރަކަށް ގެއްލުމެއް ލިބިއްޖެނަމަ ފަރަށް ލިބިފައި ހުރި ގެއްލުންތަކަށް ބެލުމަށް ފަހު ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީީ (އީޕީއޭ) އިން ޖޫރިމަނާ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top