ދަރަވަންދޫގައި ގުރުއާން ކްލާހެއް ހިންގަން ފަށައިފި

viber-image-3.jpg

"ބަދަ" ގުރުއާން ކްލާސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ބަދަ ޖަމިއްޔާ

ބ. އެޓޯލް ދަރަވަންދޫ ހިއުމާނިޓީ އެސޯސިއޭޝަން (ބަދަ) ޖަމިއްޔާގެ ފަރާތުން އެރަށުގައި ޤުރުއާން ކްލާހެއް ހިންގަން ފަށައިފިއެވެ.

“ބަދަ” ޖަމިއްޔާގެ އޮފީސް އިމާރާތުގައި ހިންގުމަށް ނިންމާފައިވާ “ބަދަ ގުރުއާން” ކްލާސް އިފްތިތާހް ކޮށްދެއްވީ އިއްޔެ ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝައިޚް އަލީ ޝަމީމް މުހައްމަދު އެވެ.

މި ކްލާހާ ބެހޭ މައުލޫމާތު ދެމުން ބަދަ ޖަމިއްޔާއިން ބުނީ ދަރަވަންދޫގައި ގުރުއާން ކްލާހެއް ހިންގުމުގެ މަގުސަދުތަކުގެ ތެރޭގައި ތަޖުވީދުމަގަށް ރީތިކޮށް ގުރުއާން ކިޔަވާ ކުދިން ތަކެއް އުފެއްދުމާއި ގުރުއާން މުބާރާތްތަކުގައި ދަރަވަންދޫ ތަމްސީލުކުރާ ކުދިން ތަކެއް އުފެއްދުން ހިމެނޭކަމުގައެވެ.

ގުރުއާން ކްލާހަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށާއި އަންނަ އަހަރުގެ ފެށިގެން ގުރުއާނާ ބެހޭ ކޯސްތައްވެސް އެތަނުގައި ފަށާނެ ކަމަށެވެ.

”ބަދަ ” ޖަމިއްޔާއަކީ ދަރަވަންދޫގައި އިސްލާމުދީނަށާއި ގައުމިއްޔަތާއި ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން ތާރީޚާއި ސަގާފަތް އަދި ތިމާވެއްޓާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް މިއަހަރު އުފައްދާފައިވާ ޖަމިއްޔާ އެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top