ޓްރަންޕް އެމެރިކާގެ ވެރިކަމާ ހަވާލުވެއްޖެ. އޮބާމާ ފުރައިފި

trump-obama_aa905b0e-df25-11e6-8bc2-389d9c78b3df.jpg

އެމެރިކާގެ ރައީސްކަމަށް މިދިޔަ ނޮވެމްބަރމަހު އިންތިހާބުވި، ބިލިޔަނަރު ޑޮނަލްޑް ޓްރަންޕް ރައީސްކަމުގެ ހުވާކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގެންފިއެވެ.

އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް ހުވާކުރައްވައި ވެރިކަމާ ހަވާލުވީ އިއްޔެ އެމެރިކާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ވެރިކަމާ ހަވާލުވުމަށްފަހު ޓްރަމްޕް ވަނީ ރޭ އޭނާގެ ފުރަތަމަ ތަޤްރީރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއަށް ދެންއޮތީ އުފާވެރި ދުވަސްތަކެއްކަމަށެވެ. އަދި ހައްދުފަހަނާއަޅާފައިވާ އިސްލާމިކް ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އޭނާވިދާޅުވި އެވެ.

“ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭނަން، އަހަރެން އެކަމުގައި ވަރުބަލި ނުވާނެ، އެމެރިކާއަށް އަލުން ކާމިޔާބު ވާނެ، އެމެރިކާގެ ހުވަފެންތަކާއި އުއްމީދުތައް އަލުން ގެންނާނަން، ބޯޑަރުތައް ރައްކާތެރިކުރާނަން، ވަޒީފާތައް ހޯދައިދޭނަން،” ވަރަށް ޖޯޝުގައި ހުންނަވާ ޓްރަމްޕް ވިދާޅުވި އެވެ.

ރައީސްގެ ހައިސިއްޔަތުން ޓްރަމްޕް އެންމެ ފުރަތަމަ ވަނީ ކުރީގެ ރައީސް އޮބާމާއަށް އަލްވަދާއު ދަންނަވާފަ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު އޮބާމާ ވަނީ ހެލިކަޕްޓަރެއްގައި ވަޑައިގެންފަ އެވެ. އޮބާމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކެލެފޯނިއާއަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top