އިސްތަށި ފޭބުން: ޙައްލަކަށް ބޭނުންވެފައިވާ ކަމެއް

thinning-hair.jpg

ވަރުގަދަ އިސްތަށިގަނދެއް ކޮންމެ މިހަކުވެސް ބޭނުންވާނެ.

ބޮލުން އިސްތަށިފޭބުމަކީ ހުރިހާ ޖިންސަކަށްވެސް ވަރަށްއާއްމުކޮށް ދިމާވާ ކަމެކެވެ. މިކަމާބެހޭ ތަޖްރިބާކާރުން ބުނާ ގޮތުގައި ދުވާލަކު ފަންސާހާ ސަތޭކައާ ދެމެދުގެ އަދަދަކަށް އިސްތަށި ފައިބާ މީހުންގެ ބޮލުން ފައިބައެވެ.
މި ދަންނަވަނީ މިކަން ޙައްލުކުރުމަށް ނުވަތަ މިކަމަށް ދެވިދާނެ ތިން ފަރުވާއެކެވެ.
1. ކާށިކިރު : އިސްތަށިގަނޑުގެ ބުޑުގައި ކާށިކިރުލައިގެން މަސާޖްކޮށްލާށެވެ. މިކަމުން އިސްތަށިގަނޑު ހިރުވުމާ އިސްތަށިފެޅުން އަވަސްވެ ގިނަވެސްވާނެއެވެ.
2. ކުކުޅުބިސް : މިއީ ގިނައަދަދަކަށް ސަލްފަރ އެކުލެވިގެންވާ އެއްޗަކަށްވާތީ އިސްތަށިގަނޑަށް ވަރަށް މޮޅު ފަރުވާއެކެވެ. ކޮންޑިޝަނަރއަކަށްވެސް އަދި ޑްރައިހެޔަރއަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ބިސް ގިރާލައިގެން އިސްތަށިގަނޑުގައި ރީތިކޮށް އުނގުޅާލާށެވެ. ވިހިމިނިޓްފަހުން އައިސްފެނުން ދޮވެލުމަށްފަހު މައިލްޑް ޝޭމްޕޫއެއް ބޭނުންކުރާށެވެ.
3. ފިޔާ: އިސްތަށި ހެދި ބޮޑުވުމަށް ފިޔާއަކީ އެއްވަނައިގެ ފަރުވާއެކެވެ. ފިޔާ ޖޫހުން އިސްތަށިފޭބުން ކޮންޓްރޯލް ކޮށްދެއެވެ. ހަދާނެގޮތަކީ ފިޔާޖޫސް ބޮލުގަ އުނގުޅާފައި ގަޑިއެއްގެ އިރުފަހުން ބޯދޮވެލާށެވެ. ޝޭމްޕޫއެއް ބޭނުންކޮށްގެން ބޯދޮވެލުމުން ފިޔާވަހެއް ނުދުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top