އެސްޓީއޯއިން ރޯދައަށް ގެނައި ފިޔާ އަލުވި ބިސް މާދަމާ ވިއްކަން ފަށާނެ

bis-.jpg

ކޮންމެ އަހަރަކު ރޯދަމަހަށް ޚާއްޞަ ކޮށްގެން އެސްޓީއޯއިން ވިއްކުމަށްގެންނަ ފިޔާ އަލުވި،ބިސް މިއަހަރުވެސް ގެނެސް މާދަމާ ވިއްކަން ފަށާނެ ކަމުގައި އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރ ޝަހީރުއާ ހަވާލާދީ ބައެއް މީޑިއާތަކުންް ބުނާގޮތުގައި އެތަކެތި މާލޭގައިވިއްކާނީ އާސަހަރާގެ ފުރަގަހުން ބޮޑުތަކުރުފާނުމަގުގައި ހުންނަ އެސްޓީއޯގެ ހަ ނަންބަރު ކޮށިންނެވެ.
އަތޮޅުތެރޭގެ ފިހާރަތަކަށްވެސް އެތަކެތި ފޮނުވުމުގެކަންތައް ކުރިއަށްދާކަމަށާއި ހޯމަދުވަހު ވިއްކަން ފެށޭ ވަރު ވާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.
އިތުރަށް ޝަހީރު ވިދާޅުވީ މިތަކެތި ވިއްކާއަގު އަދި ކަނޑަނާޅާކަމަށާ އެކަމަކު ކުރީއަހަރަށްވުރެ ބޮޑުނުވާނެކަމަށް އުންމީދު ކުރައްވާކަމުގައެވެ.
އެސްޓީއޯއިން ކޮންމެއަހަރަކު ރޯދައަށް މިބާވަތްތައް ގެނެސްގެން ވިއްކަނީ ބާޒާރުގައި މިތަކެތި އާއްމުން އަތްނުފޯރާވަރަށް ބޮޑުވަމުންދާތީ ހެޔޮއަގެއްގައި ރައްޔިތުންނަށް މިތަކެތި ފޯރު ކޮށްދިނުމަށްޓަކައެވެ.
މީގެއިތުރުންވެސް ރޯދައަށް ބޭނުންވާ އެހެނިހެން ތަކެތިވެސް ބާޒަރުގައި އެއްއަގެއްގައި ހިފެހެއްޓުމުމުގެ މަގްސަދުގައި ރޯދައަށް ޚާއްޞަކޮށްގެން ގެނެސް ހެޔޮއަގުގައި އެސްޓީއޯއިން ވިއްކައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު